ޗެމްޕިއަންސް ލީގުގައި އިންޓަމިލާން ބަލިކޮށް މުބާރާތުގެ ދެވަނަބުރަށް ދިޔުމުގެ އުންމީދު ރެއާލް މެޑްރިޑުން އާކޮއްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޑްރިޑުން ކާމިޔާބުކުރީ 2-0 ލަނޑުން. މެޗުގައި ފުރަތަމަހާފްގައި ލިބުނު ޕެނެލްޓީއަކުން އެޑަން ހާޒާޑް ލީޑު ނެގިއިރު ދެވަނަލަނޑަކި މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ އަޝްރަފް ހަކީމީ އަތުން ބައިކޮޅަށް ވަތްލަނޑެކެވެ.
މެޗުގައި އިންޓަމިލާންގެ އާތުރް ވިދާލްއަށް ވަނީ ދެރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. ވިދާލް ހިމެނިފަވަނީ މުބާރާތުގައި ތިން ކުލަބެއްގައި ހިމެނުނު ދަނޑުން ފޮނުވާލި ތިންވަނަ ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ ބަޔާން މިއުނިކް އާއި ބާސެލޯނާގައި ވެސް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މުބާރާތުގައި ތިން ކުލަބެއްގައި ރަތްކާޑު ދެއްކި އަނެއް ދެކުޅުންތެރިންނަކީ ޒަލްޓަން އިބްރަހަމްވިޗް އާއި ޕެޓްރިކް ވިއޭރާއެވެ.
ރޭ މި ގުރޫޕްގައި ބްރޫޝިޔާ މުންޗެންގްލެޑްބެކް އާއި ޝަހުތަރު ވާދަކުރި މެޗު މުންޗެންގްލެޑްބެކުން ކާމިޔާބުކުރީ 4-0 ލަނޑުންނެވެ. މި ނަތީޖާއެކު ގުރޫޕްގެ އެއްވަނައިގަ މުންޗެންލެޑްބެކް އޮތީ ކުޅުނު ހަތަރު މެޗުން 8 ޕޮއިންޓް ހޯދައިގެންނެވެ. މެޑްރިޑް ދެވަނައިގާ އޮތީ އެއްވަރުވެ އެއްޕޮއިންޓް މަދުން ހޯދައިގެންނެވެ. ތިންވަނައިގަ ޝަހުތަރު އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް އިންޓަމިލާނަށް ލިބުނީ2 ޕޮއިންޓެވެ.