އާސެނަލް ބަލިކޮށް ސިޓީ ލީގުގެ އެއް ވަނައަށް

އާސެނަލް ބަލިކޮށް ސިޓީ ލީގުގެ އެއް ވަނައަށް

ގުޅުންހުރި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން 3-1 އިން މޮޅުވެ، މެންޗެސްޓާ ސިޓީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކުރީ 3-1 އިންނެވެ. މި ނަތީޖާއާ އެކު ސިޓީ ކުޅުނު 23 މެޗުން ލިބުނު 51 ޕޮއިންޓާއެކުގައި އެއްވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ސިޓީ އަށް ވުރެ އެއް މެޗު މަދުން ކުޅެ، އާސެނަލް ދެވަނައިގައި އޮތީ ވެސް ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެންނެވެ.

މެޗުގެ 24 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދިނީ ކެވިން ޑި ބްރޭނާ އެވެ. މިއީ އާސެނަލްގެ ޑިފެންޑަރު، ޓަކެހީރޯ ޓޮމިޔާސޫ ފަަހަތަށް ޖައްސާލި ބޯޅައެއް ހޯދައި، ޑި ބްރޭނާ ޖެހި ގޯލެކެވެ. އާސެނަލުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކުރިއެވެ. އާސެނަލަށް މި ލަނޑު ޖަހައިިދިނީ ޕެނަލްޓީ އަކުން ބުކާޔޯ ސަކާއެވެ. މިއީ ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް އެ ޓީމުގެ އޭރިއާތެރެއިން އާސެނަލްގެ ފޯވާޑް އެޑީ އެންކެޓިއޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ސިޓީން މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނެގީ 72 ވަނަ މިނިޓްގައި ޖެކް ގްރީލިޝް ޖެހި ގޯލުންނެވެ. މި ގޯލުގައި ވެސް އާސެނަލްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ސިޓީން ވަނީ ރަނގަޅަށް ނަގައިފައެވެ. މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް، ސިޓީން ތިން ޕޮއިންޓް ކަށަވަރުކުރި ގޯލު ޖެހީ އާލިން ބްރައުޓް ހާލަންޑްއެވެ. މިއީ 82 ވަނަ މިނިޓްގައި ޑި ބްރޭނާ ދިން ބޯޅައަކުން ހާލަންޑް ޖެހި ގޯލެކެވެ.

މިދިޔަ ހަތަރު މަހާއި 26 ދުވަސް ވަންދެން އާސެނަލްއިން ދިޔައީ ލީގުގެ އެއް ވަނަ މަގާމު ދަމަހައްޓަމުންނެވެ. އެއީ ޖުމްލަ 148 ދުވަހެވެ. އެއީ 15 އަހަރަށްފަހު ސީޒަނުގެ މިހާ ދިގު މުއްދަތަކަށް އެ ކްލަބުން ލީގުގެ އެއް ވަނައިގައި ހިފެއްޓި ފުރަތަމަ ފަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ