ފާއިތުވެދާ 5 އަހަރަކީ މިހާތަނަށް ގައުމު ދުށް އެންމެ އުފާވެރި 5 އަހަރު: ސައުދު

ފާއިތުވެދާ 5 އަހަރަކީ މިހާތަނަށް ގައުމު ދުށް އެންމެ އުފާވެރި 5 އަހަރު: ސައުދު

Author
ހުސެއިން
14 ފެބްރުއަރީ 2023 09:53
0

ރައީސް ސާލިހުގެ ރިޔާސީ ދައުރުގައި ފާއިތުވެގެން މިދާ 5 އަހަރަކީ، 2008 އަހަރުން ފެށިގެން މިއަދާއި ހަމައަށް އައި އެންމެ އުފާވެރި 5 އަހަރު ކަމުގައި، ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ބައެއް ފަރާތްތަކަށް ރައީސް ސާލިހު ކަމުނުދަނީ އެމަނިކުފާނު މުޅި ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކުރައްވަމުން ގެންދަވާތީ ކަމުގައެވެ.

ސައުދުގެ ޓުވީޓުގައި އޭނާ އިތުރަށް ވިދާޅުވެފައިވަނީ ރައީސް ސާލިހު ގެންދަވަނީ ވަކި ކުލައަކަށް ބެއްލެވުމެއް ނެތި، ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ކަމާއެކު ޚިދުމަތް ކުރައްވަމުން ކަމުގައެވެ.

ރައީސް ސާލިހުގެ ހިގަމުންދާ 5 އަހަރަކީ ގައުމަށް އުފާވެރިކަން ގެނުވި 5 އަހަރު ކަމުގައި ސައުދު ވިދާޅުވެފައިވާއިރު، ރައީސް ސާލިހު ވެވަޑައިގެންފައިވަނީ 2008 ވަނަ އަހަރު ތަސްދީގު ކުރެވިގެންދިޔަ އާ ގާނޫނު އަސާސީއަށްފަހު، ކޯލިޝަން ސަރުކާރެއް އެންމެ ދިގު މުއްދަތަކަށް ދެމެހެއްޓެވި ރައީސް ކަމުގައެވެ.

އަދި ރައީސް ރައީސް ސާލިހު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ ވައުދުތައް ފުއްދެވުމަށްޓަކާ އިތުރު ދައުރެއް ބޭނުންވެ ވަޑައިގަންނަވާ ކަމަށާއި، ދެންވެސް ކުރިޔަށް ވަޑައިގަންނަވާނީ ކޯލިޝަންއަކާއެކީ ކަމަށެވެ. ސަބަބެއްކަމުގައި ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބު ގިނިކަންޏާ ކާމިޔާބު ކުރެވޭ މިންވަރުގެ ބޮޑު ތާއީދެއް ވަކިވަކި ސިޔާސީ ލީޑަރުންނަށް ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންފައި ނެތުމެވެ.

ރައީސް ސާލިހުވަނީ ދާދިފަހުން ބޭއްވުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާ، އެޕާޓީގެ 2023ގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.