ޖޭއެސްސީން ތަޙުޤީޤުކުރި 4 މައްސަލައެއް ސާބިތު ނުވާކަމަށް ނިންމައިފި

ޖޭއެސްސީން ތަޙުޤީޤުކުރި 4 މައްސަލައެއް ސާބިތު ނުވާކަމަށް ނިންމައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ތަޙްޤިޤުކުރި 4 މައްސަލައެއް ސާބިތު ނުވާކަމަށް އެކޮމިޝަނުން ނިންމައިފިއެވެ.

އެކޮމިޝަނުން ހާމަކުރައްވާފައިވާގޮތުގައި ޤާނޫނު  ނަންބަރު  2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ  22-1 ވަނަ މާއްދާގެ (ބ)ގެ ދަށުން އެކޮމިޝަނަށް ހުށަހެޅުނު 2019/101 ނަންބަރު ޝަކުވާއާ ގުޅިގެން 2019 އޮކްޓޫބަރު 22 ވަނަ ދުވަހު އާއި 2019/20 ނަންބަރު ޝަކުވާއާ ގުޅިގެން 2019 އޮގަސްޓް 7 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ ސުލޫކީ ދެމައްސަލައާއި، 09/2022 ނަންބަރު ޝަކުވާއާ ގުޅިގެން 2022 ނޮވެންބަރު 10 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޞަފްޢަތު ޙަބީބުގެ ސުލޫކީ މައްސަލައިގެ އިތުރުން، 09/2022 ނަންބަރު ޝަކުވާއާ ގުޅިގެން 2021 ޖަނަވަރީ 06 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދުގެ ސުލޫކީ މައްސަލަ، ތަޙްޤީޤުކޮށްފައުވާނެކަމަށެވެ.

އެހެންނަމަވެސް އެމައްސަލަތައް ސާބިތުނުވާކަމަށް 2023 ފެބްރުއަރީ 12 ވަނަ ދުވަހު ބޭއްވި އެކޮމިޝަނުގެ 12 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައިކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *