މާލޭގެ ބޮޑުބަޔަކުން ކަރަންޓި ކެނޑިއްޖެއވެ.
ސްޓެލްކޯއިން ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިކަމަށެވެ. އަދި މައްސަލަ ދެނެގަނެ، ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށާ، ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ބުނެއެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ދެނެގަނެ، ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން.
— STELCO (@STELCOMALDIVES) February 13, 2023
މާލެއިން ކަރަންޓު ކެނޑުމަކީ ދޭތެރެދޭތެރެއިން ދިމާވާ މައްސަލައެކެވެ. ރާއްޖޭގެ އާބާދީގެ އެންމެ ގިނަބަޔަކު ދިރިއުޅޭ މާލެ ސިޓީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް ހަރުދަނާކުރުމަށް ސްޓެލްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.