ޗެމްޕިއަންސް ލީގް ފުޓްބޯޅަ މުބާރާތުގައި ޖަރުމަނުގެ އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވެ މުބާރާތުގެ ގަދަ ސޯޅައިގެ ޖާގަޔަގީން ކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާޔާންއިން ކާމިޔާބުކުރީ އޮސްޓިރިޔާގެ ސަލްޒްބާގްއާ ވާދަކޮށް 3-1 ލަނޑުން. މެޗުގައި ބާޔާންއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ރޮބާޓް ލެވޮންޑެސްކީ، ކިންގްސްލީ ކޯމަށްގެ އިތުރުން ލިއޮރީ ސާނޭއެވެ. ސަލްޒްބާގްއަށް ސުންކަނޑުވާލަ ދިނީ މާގިމް ބެރިޝާއެވެ.
ރޭގެ މެޗުގައި ލެވޮންޑެސްކީ ޖެހި ލަނޑާއެކު އޭނާ ވަނީ މުބާރާތުގެ ތާރިހުގައި ތިންވަނައަށް އެންމެ ގިނަލަނޑުގެ ސްޕެއިންގެ ރައުލް ގޮންޒާލް ހަދާފައިވާ ރެކޯޑާ އަރާހަމަކޮށްފައެވެ. އެއީ 71 ލަނޑުޖަހައިގެންނެވެ. މެޗުގެ ފަހު 24 މިނިޓު ބަޔާންމިއުނިކުން ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުއެވެ. އެއީ އެޓީމުގެ މާކް ރޮކާ އަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑެއް ދެއްކުމުންއެވެ.
މި ގުރޫޕްގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއި ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ނަތީޖާއެކު މުބާރާތުގެ ގަދަ ސޯޅައިން ބަޔާން މިއުނިކް ޖާގަކަށަވަރުކުރީ ގުރޫޕްގައި ކުޅުނު ހަތަރު މެޗު މޮޅުވެ 12 ޕޮއިންޓް ހޯދައިގެންނެވެ. ގުރޫޕްގެ ދެވަނައިގަ އޮތް އެތުލިޓިކޯ އަށް ލިބެނީ ފަސްޕޮއިންޓް. ތިންޕޮއިންޓާއެކު ލޮކޮމޯޓިވް މޮސްކޯ އޮތީ ތިންވަނައިގައެވެ. ފުލުގައޮތް ސަލްޒްބާގަށް ލިބެނީ އެންމެ ޕޮއިންޓެކެވެ. ރޭގެ ހޯދި މޮޅާއެކު ބަޔާންއިން ވަނީ ބަލިނުވެ 15 މެޗުހަމަކޮއްފައެވެ.
ކޮމެންޓު ފޮނުވާ