އަސްލަމްގެ މާނަފުން ޓްވީޓެއް: "ކޮންމެ ތަރިއެއްވެސް އަރާފައި އޮއްސޭނެ"

އަސްލަމްގެ މާނަފުން ޓްވީޓެއް: "ކޮންމެ ތަރިއެއްވެސް އަރާފައި އޮއްސޭނެ"

Author
ޢަލީ އާދަމް
11 ފެބްރުއަރީ 2023 09:51
0

ކޮންމެ ތަރިއަކީވެސް އަރާފައި އޮއްސޭނެ އެއްޗެއްކަމަށް ވިދާޅުވެ ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ޓްވިޓެއް ކުރައްވައިފިއެވެ.

އޭނާގެ މިޓްވިޓު ނިސްބަތްކުރެއްވި ކޮން ކަމަކަށްކަމެއް ނޭނގެއެވެ. އެހެންނަމަވެސް އެއީ އޭނާ ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގައި  މިހާރު އުފެދިފައިވާ ކޯޅުމާއި މިބަސްފުޅާ ގުޅުމެއް ވާކަމަށް މިއާމެދު ޚިޔާލު ފާޅުކުރި ގިނަބަޔަކު ދެކެއެވެ. އެމްޑީޕީގެ ޢާންމު މެމްބަރުންގެތެރެއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރާ ފެކްޝަނުގެ މެމްބަރުން ޤަބޫލުކުރާގޮތުގައި މިހާރު އެޕާޓީގެ ރައީސް ނަޝީދުގެ ތަރި ވަނީ އޮއްސިފައެވެ. އަދި ރައީސް ޞާލިޙަށް ފުރުސަތު ދޭންޖެހެއެވެ. އަދި އެމްޑީޕީއަށް މިހާތަނަށް ދެފަހަރު ރާއްޖޭގެ ވެރިކަން ލިބުނުއިރު، ފުރަތަމަ ލިބުނު ފުރުސަތު ދެހަރުދުވަހުން ދޫކޮށް ނަޝީދު ވަނީ އިސްތިއުދާދީފައިކަމާއި، ޙިކުމަތްތެރިކަމާއެކު ނަތީޖާ ނެރެދެއްވީ ރައީސް ޞާލިޙުކަމަށް އެމްޑީޕީގެ ވަރަށް ގިނަ ޢާންމު މެމްބަރުން ޤަބޫލުކުރައްވައެވެ. އަސްލަމަކީވެސް މިފަދަ ބޭފުޅެކެވެ.

އަސްލަމަކީ ނަޝީދުގެ ވެރިކަމުގައިވެސް ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ނަޝީދާ ވަރަށް ގާތުން މަސައްކަތްކުރެއްވި އަރިސް ބޭފުޅެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.