އެމްޑީޕީގެ ތެރޭގައި އިތުރު ފިކުރެއް ދިރުވަން ލާހިކެއްނޫން-ރީކޯ މޫސަ

އެމްޑީޕީގެ ތެރޭގައި އިތުރު ފިކުރެއް ދިރުވަން ލާހިކެއްނޫން-ރީކޯ މޫސަ

ގުޅުންހުރި

އެމްޑީޕީ ތެރޭގައި އިތުރު ފިކުރެއް ދިރުވަން ލާހިކެއް ނޫން ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގަ ޕާޓީތަކުގައި ތިބޭ މަދު ބައެއްގެ ސަބަބުން ރަސްކަމުގެ ސަގާފަތް އާލާވެ ޕާޓީތަށް ވެސް އެކަކުގެ ފިކުރަށްވަމުންދާ ކަމަށެވެ. އަދި އެމީހާގެ ރުހުން ނެތި ވެރިކަމަށް ވެސް މީހަކު ނެރެން ބިރުން ތިބެންޖެހޭ ހާލަތަށް ކަންކަން ގޮސްފަައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.

"ވެރިކަމާ ހެދި ބޫތުކައިފަ ހުރި މީހަކު އަސްލު އެމްޑީޕީއޭ ބުނީމަ ކުޑަކޮށްވެސް ހައިރާނެއް ނުވޭ. އެމްޑީޕީ ތެރޭގައި އިތުރު ފިކުރެއް ނުދިރުވޭނެ. ވަރަށް ޔަޤީން، ލާހިކު ކުޅަދާނައެއް ނޫން." މޫސަ ވިދާޅުވި އެވެ.

މީގެ އިތުރުން މޫސަ ވަނީ އެތައް އަނިޔާއަކާއި ބުރައެއް އުފުލައި ގިނަ ބައެއްގެ ބުރަ މަސައްކަތުން އުފެއްދި އެމްޑީޕީ ފުރޮޅާލަން އުޅެނީ އެންމެ މީހެއްގެ ފިކުރާއި ގުޅިގެން ކަމަށެވެ. އަދި އެ ފިކުރަށް އާނބަސް ބުނެފިނަމަ ބާޣީ އަކަށް ވެސް ނުވާ ކަމަށާއި އަދި 30 އަހަރުގެ އަނިޔާވެރިއަކަށް ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ބަލިވެވަޑައިގަތުމުން އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ފަށައި، އޭގައި ބައިވެރިވާން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ލައްވައި މިހާރު ގެންދަނީ ސޮއިކުރުވަމުންނެވެ. އަދި މި މަސައްކަތް ޕާޓީން އެންގިޔަސް ހުއްޓާނުލައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ