ކައިވެނި ނުކުރަން ނިންމީ، ކައިވެނި ކުރަން މަހަކަށްވެފައި ވަނިކޮށް: އިޖާޒް ޙާން

ކައިވެނި ނުކުރަން ނިންމީ، ކައިވެނި ކުރަން މަހަކަށްވެފައި ވަނިކޮށް: އިޖާޒް ޙާން

Author
ފާތިމަތު ނާވީ
27 ނޮވެމްބަރ 2020 03:40
0

ބިގް ބޮސް 14 ބައިވެރިއެއް ކަމަށްވާ އީޖާޒް ޙާން ކައިވެންޏަކާއި ހަމައަށް އައިސް ކައިވެނީގެ އެއްމަސްކުރިން އެކަން ނިމުމަކަށް ގެނައި ވާހަކަ ބިގް ބޮސްގެ ބައިވެރިއެއްކަމަށްވާ، ރާހުލް ވައިދްޔާއާއި ހިއްސާކޮށްފިއެވެ.

އީޖާޒް ބުނިގޮތުގައި ދެ ފަރާތުގެވެސް މައްސަލަ ހުރުމާއި ބައެއް މައްސަލަތައް ހައްލުނުވެ އެ ނިންމުން އެ ގޮތަށް ނިންމަންޖެހުނީއެވެ.

ބި ބޮސްގެ ގޭގައި އީޖާޒް އާއި ރާހުލް ދެއްކި ވާހަކާގައި އެހެން އެހުމުން އީޖާޒް ދިންޖަވާބަކީ 2015 ގައި ކައިވެނިކުރަން ނިންމިކަމަށާއި އެއްމަސްކުރިން އެކަން ނިމުނީކަމަށެވެ. ކައިވެނީގެ ހެދުން ފަހާ ހުރިހާ ތައްޔާރީއެއްކޮށް ނިމިފައި ނިމަިފައި ހުރި ކަމަށްވެސް އީޖާޒް ބުންޏެވެ. އަދި އެއީ ހަމައެކަނި އަންހެން ކުއްޖާގެ މައްސަލައެއް ނޫންކަމަށާއި ދެމީހުންވެސް ކައިވެންޏަށް ތައްޔާރު ނުވާކަމަށްވެސް އޭނާ ބުންޏެވެ.

އެހާ ކުޑަތަން ވެފައި އޮއްވާ ކައިވެނި ނުކުރަން ނިންމި ނިންމުމަކީ ދެމީހުންގެ ނިންމުމެއްކަމަށް ވެސް އީޖާޒް ބުނެފައިވެއެވެ. އޭނާ ބުނީ މި ނިންމުމަށް ފަހު 2015 އިން ފެށިގެން 2017 އާއި ހަމައަށް އުޅުނީ ވަރަށް އުދަގުލުގައި ކަމަށެވެ. އެ ދުވަސްވަރު ނަފްސާނީގޮތުން ބަލިކަށިި ވީ ކަމަށްވެސް އޭނާ ބުންޏެވެ.

1999 ވަނަ އަހަރުން ފެށިގެން މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރި ވަމުން އަންނަ އިޖާޒް ޙާން ވަނީ ގި ފިލްމުތަކެއްގައި ސައިޑް ރޯލްތަކުން ފެނިގެން ގޮސްފައެވެ. މީގެ އިތުރުން މި ތަރިއަކީ ބައެއް ޓީވީ ޑްރާމާ ތަކާއި ވެބް ސީރީޒް ތަކުގައި ލީޑުން ފެނިގެންގޮސްފައިވާ ތަރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.