ތުރުކީއަށްއައި ބާރުގަދަ ބިންހެލުމެއްގައި އެތައް ބަޔަކު މަރުވެއްޖެ

ތުރުކީއަށްއައި ބާރުގަދަ ބިންހެލުމެއްގައި އެތައް ބަޔަކު މަރުވެއްޖެ

Author
ހުސެއިން
06 ފެބްރުއަރީ 2023 09:14
0

ތުރިކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި އެތައް ބަޔަކު މަރު ވެއްޖެއެވެ.

ތުރިކީގެ އިރުދެކުނަށާއި އަދި ސީރިއާއަށް، މިންގަޑުން 7.8ގެ ބާރުމިނުގައި އައި މި ބިންހެލުނުގައި ގިނަ އަދަދެއްގެ ގެތައް ވަނީ ބިމާއި ހަމަވެފައެވެ.

މި ބިންހެލުމުގައި ތުރިކީއިން މިހާތަނަށް 15 މީހަކު މަރުވެފައިވާކަން ޔަގީން ކުރެވިފައި ވާއިރު ސީރިއާއިން 11 މީހަކު މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ދަނީ ބުނަމުންނެވެ. މި 11 މީހުންވެސް މަރުވެފައިވަނީ ސީރިއާގެ ހުޅަގުން އޮންނަ އަލޮން ޓައުންގައެވެ.

ސީރިއާގެ އޮޕޮޒިޝަން ސީރިއަން ސިވިލް ޑިފެންސްއިން ހާމަ ކޮށްފައިވާ ގޮތުގައި މި ބިންހެލުމުގެ ސަބަބުން، އެގައުމުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮންނަ މި ސަރަހައްދަަށް ވަނީ އިންސާނީ ކާރިސާއެއް އައިސްފައެވެ.

އޭގެ އިތުރުން ތުރިކީގެ ރައީސް އެރެދޮގާން ވިދާޅުވެފައިވަނީ ބިންހެލުން އައި އެގައުމުގެ ސަރަހައްދުތަކަށް މިހާރު ރެސްކިއު ޓީމުތައް ގޮސްފައި ވާކަމުގައެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.