އެވަޓަން އިން އެއްވަނައިގައި އޮތް އާސެނަލް ބަލިކޮށްފި

އެވަޓަން އިން އެއްވަނައިގައި އޮތް އާސެނަލް ބަލިކޮށްފި

ގުޅުންހުރި

އެވަޓަންގެ އާ ކޯޗު ޝޯން ޑައިސް އާއެކު ކުޅުނު ފުރަތަމަ މެޗުގައި ލީގު އެއް ވަނައިގައި އޮތް އާސެނަލް އަތުން 1-0 އިން މޮޅުވެއްޖެއެވެ.

އާސެނަލް ބަލިކޮށް, މިވަގުތު އެވަޓަން އޮތީ ރެލިގޭޝަން ޒޯނުން ބޭރުގައެވެ. މެޗުން މޮޅުވެ ލީޑް އަށް ޕޮއިންޓަށް ފުޅާކުރަން ލިބުނު ފުރުޞަތު ގެއްލި, އާސެނަލް އަތުގައި މިހާރު އޮތީ ފަސް ޕޮއިންޓްގެ ލީޑެކެވެ. އާސެނަލް އަތުން އެވަޓަން މޮޅުވީ 1-0 ނެވެ. މެޗުން އެވަޓަން މޮޅުކޮށްދިން ލަނޑު ޖެހީ ދެވަނަ ހާފްގައި ޓާކޯސްކީއެވެ.

ހޯމަ ދުވަހު އެވަޓަންގެ ކޯޗުކަމާ ހަވާލުވެ, އެވަޓަންގެ ދަނޑުގައި މިހޯދި މޮޅަކީ އެވަޓަންއަށް އުއްމީދީ މޮޅެކެވެ. މޮޅެއް މިހޯދީ އެގާރަ މެޗަށްފަހުއެވެ. އެވަޓަންގެ ކޯޗުކަމަށް ޝޯން ޑައިޝް ހަމަޖެއްސީ މިދިޔަ މަހު ލަމްޕާޑް މަޤާމުން ވަކިކުރުމަށްފަހުއެވެ.

ލީގުގައި އެވަޓަން އަތުން ބަލިވެ އާސެނަލުން ވަނީ އެއް ވަނައިގައި ލީޑު ނެގުމަށް ލިބުނު ފުރުސަތު ގެއްލުވާލައިފައެވެ. ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުން އާސެނަލް އެއް ވަނައިގައި އޮތީ 50 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ހަމަ އެ އަދަދަށް މެޗު ކުޅެގެން ލިބެނީ 45 ޕޮއިންޓެވެ. އެވަޓަން އަތުން އާސެނަލް ބަލިވުމާއެކު ސިޓީއާއި އާސެނަލާ ދެމެދު އޮތް ލީގު ހޯދުމުގެ ވާދަވެރިކަން ބޮޑުވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ