ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަރމާކެޓް ވިޔަފާރި ހިންގަމުންއަންނަ ރެޑްވޭވުން 1444 ވަނައަހަރުގެ ރޯދަ ސޭލް ފަށައިފިއެވެ.
ރެޑްވޭވް ރޯދަ ސޭލް މިފަހަރު ފަށާފައި މިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރެޑްވޭވްގެ ކަސްޓަމަރުންނަށްވެސް ރޯދައަށް ބޭނުންވާ މުދާ ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމުގައި ރެޑްވޭވްއިން ބުނެފައި ވެއެވެ.
ރެޑްވޭވްއިން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮމޯޝަންގައި އެކި އެކި އައިޓަމް ތަކުން 5% – 75% އާއި ދެމެދު ބޮޑެތި ޑިސްކައުންޓްތައް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ. މިގޮތުން، ފާއިތުވި އަހަރުތަކައްވުރެ މި އަހަރުގެ ސޭލް ރޯދަ ޕްރޮމޯޝަންގައި ގަންނަންލިބޭ އައިޓަމްތައް އިތުރުވެފައި ރޯދައަށް ބޭނުންވާނެ ވަރައް ޚާއްސަ މުދާ ހިމެނިފައި ހުންނާނެކަމަށްވެސް ރޭޑް ވޭވުން ބުނެފައި ވެއެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި ރެޑްވޭވްއިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު، މި ޕްރޮމޯޝަންގައި އެންމެ ޚާއްޞަކަމަކީ ނަގުދު ފައިސާއިން ބޮޑެތި އިނާމުތަކެއް ލިބިގެން ދިއުމެވެ.
އެގޮތުން މި ޕްރޮމޯޝަންގައި އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000 (އެއްލައްކަ ރުފިޔާ) ރުފިޔާގެ ފައިސާގެ އިނާމު ލިބޭއިރު، ނަސީބުވެރި އިތުރު 5 ފަރާތަކަށް 10،000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ އިތުރުންވެސް ރެޑްވޭވްއިން ވިއްކާ ބްރޭންޑްތަކުން ގުރުއަތުން ހޮވާލެވޭ 5 ފަރާތަކަށް އަގުހުރި އެތައް އިނާމުތަކެއް ލިބިގެންދާނެކަމަށް ރެޑްވޭވްއިން ބުނެފައި ވެއެވެ.
"މީގެ ތެރޭގައި، ރޯދައަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން ފަރުނީޗަރާ ބަދިގެއަށް ބޭނުންވާ ސާމާނާއި ހިފާގެންގުޅޭ ސާމާނާއި، މިހެންގިސް ނަންހުސްކޮށް މިފަހަރުގެ ޕްރޮމޯޝަންގައި ލިބެންހުންނާނެ."
ރެޑްވޭވްއިން މައުލޫމާތު ދީފައި ވެއެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދާނީ 2023 އޭޕްރިލް 20ގެ ނިޔަލަށެވެ.
ރާއްޖޭގެ ބާޒާރުގައި އެންމެ ކޮލިޓީ ރަނގަޅު، އަގުހެޔޮ މުދާ ވިއްކާ ރެޑްވޭވްއިން ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ މި ރޯދަ ސޭލަކީ ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިފައިވާ ޕްރޮމޯޝަނެއްކަން ފާހަގަ ކޮށްލެވެއެވެ.
ދިވެހިންގެ ތެރޭގައި މަޝްހޫރު ރެޑްވޭވް ސުޕަރމާކެޓް ޗެއިންގެ ގިނަ ފިހާރަތަކެއް ހުޅުމާލެއާއި މާލޭގައި ހުންނައިރު، މާލޭގައި މިހާރު މި ޗެއިންގެ 11 ފިހާރައެއް ހުރެއެވެ. ހުޅުމާލޭގައި ހުންނަނީ 2 ފިހާރައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގައި ހުންނަ އެންމެ ބޮޑު އެއް ސުޕަރ މާރކެޓް ކަމުގައިވާ "ރެޑްވޭވް މެގަމޯލް" އާއި އަދި އޭގެ އިތުރުން ސުޕަރ މާރކެޓް އެކެވެ.