އެއްވެ އުޅުމުގެ މިނިވަންކަން ދިނުމަށް ހެދީ ދެކޮޅު، ވައުދު ފުއްދޭނީ ދެން މިވަރަށް: އުޝާމް

އެއްވެ އުޅުމުގެ މިނިވަންކަން ދިނުމަށް ހެދީ ދެކޮޅު، ވައުދު ފުއްދޭނީ ދެން މިވަރަށް: އުޝާމް

Author
މުޙައްމަދު ޝަޒައިމް
25 ނޮވެމްބަރ 2020 08:12
0

ވެރިކަމަށް އައުމުގެ ކުރިން ރިޔާސީ ކެމްޕެއިންގައި އެންމެ ބޮޑަށް ވިއްކި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވުމުންވެސް އެކަން ބަލައި ނުގަނެ ކޮމިޓީއަށް ފޮނުވާލުމުން ވައުދު ފުއްދާ މިންވަރު ހާމަވެގެން ގޮސްފައިވާކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މާލޭގެ ގްރީން ޒޯން ހިމެނޭ ސަރަހައްދުތައް ފިޔަވައި ހުރިހާ ތަނަކަށް ހުއްދައަކާއި ނުލައި އެއްވެވޭގޮތަށް، އެއްވެ އުޅުމުގެ ގާނޫނަށް ހުށައެޅި އިޞްލާހު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާފައިވަނީ ސުޕަ މެޖޯރިޓީގެ އައުލަބިއްޔަތު މެމްބަރުންގެ ވޯޓުންނެވެ. މި ބިލް ފާސްކުރުމަށް ވޯޓް ދެއްވީ 13 މެންބަރުންނެވެ. ފާސްކުރުމަށް ނުފެންނަކަމަށް 25 މެންބަރުން ވޯޓް ދެއްވިއެވެ. މިބިލް އަނބުރާ ދިރާސާކުރުމަށް ފޮނުވާފައިވަނީ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.

މި އިސްލާހު ފާސްނުކޮށް އަބުރާ ފޮނުވާލުމާއި ގުޅިގެން މެމްބަރު އުޝާމް ވިދާޅުވީ މިއީ ރައީސް ޞާލިހާއި އެމްޑީޕީން ވެރިކަމަށް އައުމުގެ ކުރިން ވެފައިވާ ވައުދެއްކަމަށެވެ. މިއަދު ވައުދު ފުއްދުމުގެ ބަދަލުގައި ވައުދު އަބުރާ މިވަނީ ކޮމިޓީއަށް ފޮނުވާލާފައިކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މިހާރު ހިނގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ މާލޭގައި ދުރާލައި ކުރިން އެންގުމަކާއި ނުލައި ގްރީންޒޯން ނޫން ސަރަހައްދުތަކަށް އެއްވުމަށް ހުއްދ ލިބޭނެކަމަށެވެ. މި ބިލަށް މަޖިލީހުގެ ތަޅުމުން އެމްޑީން ގިނަ އިޞްލާހުތަކެއް ގެނައުމަށް ފާސްކޮށް މުޅި ބިލް ފާސްކުރުމަށް ވޯޓަށް އެހުމުން ބިލް ފާހެއް ނުވިއެވެ.

އެއްވެ އުޅުމުގެ ޤާނޫނަށް މިހާރު ގެނެސްފައިވާ ބަދަލާއިއެކު ކުއްލިއަކަށް އެއްވާ އެއްވުންތަކުގައި ދުރާލާ ހުއްދަ ނަގަން ނުޖެހޭނެ ކަމަށާއި، ނަމަވެސް ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލާއި އެއްވާނަމަ ދުރާލައި ހުއްދަ ނަގަން ޖެހޭނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އިއްޔެ ވިދާޅުވެފައެވެ. މި އިސްލާހު އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް އިދިކޮޅުން ނިންމަފައި ވަނިކޮށެވެ.

ފަހަކަށް އައިސް މާލޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ. އެގޮތުން މަސައްކަތްތެރިންގެ ހައްގުގައާއި، އަންހެނުންނާ ކުޑަކުދިންނަށް ކުރާ އަނިޔާ ދެކޮޅަށް އަޑުއުފުލައި އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ. ރައީސް ނަޝީދު މިއަދު އެއްވެ އުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާއިރު، ރައީސް ޔަމީން ޖަލުގައި އޮންނަވާތާ އެއް އަހަރު ވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހު މުޅި ރާއްޖޭގައި އެއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.