އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ރައީސް ސާލިހާއި ނަޝީދަށް އެއް އޮޑިއެއްގައި ދަތުރު ކުރެއްވޭ ގޮތެއް ނުވި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާން ކޮށްފި، ރައީސް ސާލިހަށް %61، ނަޝީދަށް %39

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާން ކޮށްފި، ރައީސް ސާލިހަށް %61، ނަޝީދަށް %39

ފާއިތުވެދިޔަ ހޮނިހިރު ދުވަހު ބޭއްވުނު އެމްޑީޕީގެ ރިޔާސީ ޕްރިމަރީގެ ދާއިމީ ނަތީޖާ އިއުލާން ކޮށްފިއެވެ.

މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާއިމީ ނަތީޖާ އިއުލާން ކޮށްފައިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި އިންތިޚާބު ކޮމެޓީގެ މެމްބަރު އިބުރާހިމް ވަހީދު (އިބުރޭ)އެވެ.

ދާއިމީ ނަތީޖާ އިއުލާން ކުރައްވަމުން އިބުރޭ ވިދާޅުވެފައިވަނީ މިއިންތިޚާބުގައި ވާދަކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ކެންޑިޑޭޓު ނަންބަރު 1) އަށް ލިބިވަޑައިގަތީ 15،641 ވޯޓު ކަމަށެވެ. އެއީ ވޯޓު ލީ މީހުންގެ 38.90 އިންސައްތައެވެ. އަދި އިންތިޚާބުގައި ވާދަ ކުރެއްވި (ކެނޑިޑޭޓް ނަމްބަރު 2) އިބުރާހިމް މުހައްމަދު ޞާލިހުއަށް 24،566 ލިބިވަޑައިގެންނެވި އިރު މިއީ އިންތިޚާބުގައި ވޯޓު ލީ މީހުންގެ 61.10 އިންސައްތަ މީހުންގެ ވޯޓު ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

މި ނަތީޖާއާއެކު ރައީސް ސާލިހު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައެވެ.

އިންތިޚާބުގައި ބައެއް ރަށްރަށުގައި ހަމަ ނުޖެހުން ހިނގި ނަމަވެސް، އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ ޝަކުވާތަކެއް ހުށަހަޅާފައި ނުވާކަމަށް އިންތިޚާބު ކޮމިޓީން ބުނެފައި ވެއެވެ.

އިންތިޚާބު ކޮމިޓީން ހާމަކޮށްފައި ވާގޮތުގައި، ޕްރައިމަރީއާއި ގުޅިގެން އޮންލައިންކޮށް 54 ޝަކުވާ ހުށައަޅާފައި ވާއިރު، ލިޔުމުން 10 ޝަކުވާއެއް ހުށައަޅާފައި ވެއެވެ.

އިންތިޚާބު ކޮމިޓީން ބުނެފައިވަނީ، މިހާރު ފާހަގަ ކުރެވޭ ގޮތުގައި ވޯޓުލުން ކުރިޔަށް ދިޔައިރު ހިނގައިދިޔަ ބައެއް ކަންކަމަކީ އެދުވަހު "ސީން އެއް" އުފެއްދުމަށް ހިންގާފައިވާ ކަންކަން ކަމުގައެވެ.

އިންތިޚާބު ކޮމިޓީން ބުނެފައިވަނީ، އިންތިޚާބު ކުރިޔަށް ދިޔައިރު ކުދިކުދި މައްސަލަތައް ހުރިނަމަވެސް، ޖުމްލަކޮށް ހުރިހާ އިންތިޒާމްތަކެއްވެސް ހަމަޖެހިފައި ހުރީ ވަރަށް ރަގަޅަށް ކަމުގައެވެ. މިގޮތުން އިންތިޚާބުގައި ޕާޓީގެ 71 އިންސައްތަ މީހުން ވޯޓު ލުމަކީ ރަގަޅު އަދަދެއް ކަމަށާއި، މި އަދަދުން، އިންތުޚާބުގައި ވޯޓު ލުމުގެ ޝައުގުވެރިކަން ގިނަ ބައެއްގެ ކިބައިގައި ހުރިކަން ދައްކުވައިދީފައި ވާކަމަށްވެސް ކޮމިޓީން ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *