ރައިސް ޞާލިޙާއި ސަން ސިޔާމް ބައްދަލުކުރައްވައިފި

ރައިސް ޞާލިޙާއި ސަން ސިޔާމް ބައްދަލުކުރައްވައިފި

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މޯލްޑިވްސް ޑިވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ.މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް ޞާލިޙާއި ސިޔާމް ބައްދަލުކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ދެބޭފުޅުން ބައްދަލުކުރެއްވީ ކޮންކަމަކާކަމެއް އަދި ސާފެއް ނުވެއެވެ. އަދި އެކަމުގެ އެއްވެސް މަޢުލުމާތެއް ރަސްމީ އިދާރާއަކުން އަދި ހާމައެއް ނުކުރައްވައެވެ. އެހެންނަމަވެސް އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާގޮތުގައި ރައީސް ޞާލިޙާއި ސިޔާމް ވަނީ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

ސަން ސިޔާމަކީ ކުރިއަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޢިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ކުރިން ކުރީގެ ރައީސް ޔާމީނާ ވަރަށް އަރިސް ބޭފުޅެކެވެ. އަދި ކުރީގެ ސަރުކާރުގައި އޭނާގެ ޕާޓީއަކީ ރައީސް ޔާމީންގެ ސަރުކާރުގެ ކޯލިޝަން ޕާޓުނަރެކެވެ. ސަރުކާރު ބަދަލުވުމާހަމައަށްވެސް އެޕާޓީ އޮތީ ރައީސް ޔާމީނާއެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ