ރެއާލް ދޫކޮށްލަން ބޭނުންވާކަމަށް އިސްކޯ ބުނެފި

ރެއާލް ދޫކޮށްލަން ބޭނުންވާކަމަށް އިސްކޯ ބުނެފި

Author
އިބްރާހީމް ސާޢިދު
25 ނޮވެމްބަރ 2020 07:21
0

ރެއާލް މެޑްރިޑްގެ މިޑްފީލްޑާ އިސްކޯ، ކުރިއަށް އޮތް ޖެނުވަރީ ޓްރާންސްފާގައި އެ ކުލަބު ދޫކޮށްލަން ބޭނުންވާކަން ބުނެފިއެވެ.

މި ސީޒަންގައި ރެއާލްގެ ޓީމުން ޖާގަ ލިބުމުގައި އިސްކޯއަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. މަލާގާއިން 2013 ގައި ރެއާލްއާ ގުޅުނު އިސްކޯ، އެ ކުލަބު ދޫކޮށްލަން ބޭނުންވާ ސަބަބަކީ، އޭނާ އަށް ޓީމުން ފުރުސަތު ލިބުން މަދުވުމެވެ. އޭނާގެ ބޭނުމަކީ ދާއިމީކޮށް ފުރަތަމަ 11 ގައި ކުޅުމުގެ ފުރުސަތު ލިބޭ ކުލަބަކަށް ބަދަލުވެ އަންނަ އަހަރަށް ފަސް ކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިންގެ ޓީމުން ޖާގަ ހޯދުމެވެ.

މިދިޔަ ޓްރާންސްފާގައި، އިސްކޯ ގެންދަން ޔުވެންޓަސްއިން ޝައުގުވެރިކަން ފާޅު ކުރުމުން، އެހެން ކުލަބެއްގެ ހުށަހެޅުން އަޑު ނޭހުމަށް އިސްކޯ ވަނީ މެޑްރިޑްގެ ކުލަބުގެ މެނޭޖުމެންޓަށް އޭރު އަންގާފައެވެ. ކުރިން މެންޗެސްޓާ ސިޓީން ވެސް ވަނީ އިސްކޯ ގެންދިއުމަށް ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. މިހާރު އޭނާ ގެންދިއުމަށް ޝައުގުވެރި ވަނީ ޔުވެންޓަސްއިންނެވެ. އެހެންނަމަވެސް އެއްވެސް ކުލަބަކުން މިހާތަނަށް ރެއާލްއަށް އެކަމަށް ހުށަހަޅާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.