ޓާފް އަޅަން ތައްޔާރު ވެފަ އޮތް ނޮޅިވަރަމް ފުޓުބޯޅަ ދަނޑުގައި ރޯ ކޮށްލައިފި

ޓާފް އަޅަން ތައްޔާރު ވެފަ އޮތް ނޮޅިވަރަމް ފުޓުބޯޅަ ދަނޑުގައި ރޯ ކޮށްލައިފި

Author
ހުސެއިން
31 ޖެނުއަރީ 2023 09:31
0

ޔޫތު މިނިސްޓްރީން ޓާފް އަޅަން ތައްޔާރު ކޮށްފަ އޮތް ނޮޅިވަރަމް ފުޓުބޯޅަ ދަނޑުގައި ރޯ ކޮށްލައިފިއެވެ.

ދާދި ދެންމެއެކު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެތައް ގޮންޖެހުންތަކާއިއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވެފައިވަނިކޮށް އެ ދަނޑުގައި ބަޔަކު ރޯ ކޮށްލާފައި ވާކަމުގައެވެ.

މަހުލޫފު ވިދާޅުވެފައިވަނީ މިއީ ބަޔަކު މީހުން، އެރަށުގެ ތަރައްގީއަށް ހުރަސް އެޅުމަށް ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދަނޑުގައި ރޯ ކޮށްލުމުގެ ސަބަބުން އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބިގެން ދާނެ ކަމުގައެވެ. އޭނާ މިކަން ސިފަ ކުރައްވާފައިވަނީ އެރަށުގެ ތަރައްގީއަށް ހުރަސް އެޅުމަށް ހިންގާފައިވާ ފިނޑި އަމަލެއްގެ ގޮތުގައެވެ.

މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.

ތަފްސީލް އަންނަނީ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.