މިއަދު ކުރިޔަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާތައް އިއުލާން ކުރެވެމުން ދާއިރު، މިހާތަނަށް ވޯޓުގެ %50 ގުނާ، އަދި ވަގުތީ ނަތީޖާ އިއުލާން ކޮށްފައިވާ އިރު، މިހާތަނަށް ގުނާފައިވާ ވޯޓުގެ %60 އަށްވުރެ މަތިން ރައީސް ގެންދަވަނީ ކުރި ހޯއްދަވަމުންނެވެ.
މިގޮތުން މިހާތަނަށް 23،856 ވޯޓް ގުނާ ނަތީޖާ އިއުލާން ކޮށްފައިވާއިރު، 15،267 ވޯޓު ރައީސް ސާލިހުވަނީ ކާމިޔާބު ކުރައްވާފައެވެ. މިއީ މިހާތަނަށް ގުނާ ނިމިފައިވާ ވޯޓުގެ %64 އެވެ. ނަޝީދަށް ކާމިޔާބު ކުރެވިފައިވަނީ 8،482 ވޯޓެވެ. މި ނަތީޖާއަށް ބަލާއިރު، ނުގުނާ މިހާރު ބާކީ ވާޓުތަކުން ދެން ނަޝީދަށް ރައީސް ސާލިހުގެ މައްޗަށް ކުރި ހޯއްދެވޭނެކަމަށް ނުބެލެވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ބައެއް ފަރާތްތަކުން ލަފާ ކޮށްފައިވަނީ ރާއްޖޭގެ ބޮޑެތި ބައެއް ސިޓީތަކުގައި ނަތީޖާ ނުކުމެގެން ދާނީ ވަރަށް ތަފާތު ކުޑަކޮށް ކަމަށެވެ.
އެހެންނަމަވެސް މިހާތަނަށް ވޯޓުގެ ބޮޑުވައި ގުނާފައިވާއިރު، މާލޭ ސިޓީވެސް ހިމެނޭ ގޮތުން، އައްޑޫ، ފުވައްމުލަށް އަދި ހުވަދޫ އަތޮޅުންވެސް ނަޝީދަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ