މިއަދު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ގިނަ ދާއިތާތަކުގައި ނިމި، ދާއިރާތަކުގެ ވޯޓު ފޮށިތައް ގުނަން ފަށައިފިއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިންތިޚާބު ކޮމިޓީގެ ޗެއަރމަން އިބްރާހިމް ވަހީދު ކުރިން ވިދާޅުވެފައިވަނީ، ކުރިން ހަމަޖެހިފައި ވާގޮތަށް 5:00 ގައި ހުރިހާ ވޯޓު ފޮއްޓެއް ބަންދު ކުރެވޭވަރު ނުވާނެ ކަމުގައެވެ. އެހެންނަަވެސް އޭނާ ވިދާޅުވީ ވޯޓު ފޮށިތަކުގެ 70 ޕަސެންޓު، ގަޑިއަށް ބަންދު ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިހާރު ވޯޓު ގުނަން ފަށާފައިވި ނަމަވެސް އަދި އެއްވެސް ވޯޓު ފޮއްޓެއްގެ ވަގުތީ ނަތީޖާ ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެއެވެ.
މިއަދު ކުރިޔަށްދިޔަ އެމްޑީޕީގެ ރިޔާސީ ޕްރިމަރީގެ ވޯޓުލުން ކުރިޔަށް ގޮސްފައިވަނީ ބޮޑެތި ހަމަނުޖެހުންތަކާއެކުއެވެ. އަދި އިންތިޚާބުގައި ވާދަ ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ގަޑުބަޑު ކުރުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވާފައެވެ.
އެހެންނަމަވެސް، މިއަދު ވޯޓު ލެއްވުމަށްފަހު ރައީސް ސާލިހު ވިދާޅުވެފައިވަނީ އިންތިޒާމްތައް ހަމަޖެހިގައި ހުރީ ވަރަށް ރަގަޅަށް ކަމަށެވެ.
އެހެންނަމަވެސް މިއަދުގެ ވޯޓު ލުމުގައި ބޮޑެތި މައްސަލަތައް ދިމާވެ، ބޮޑެތި ހަމަނުޖެހުންތައްވެސް ހިނގާފައި ވެއެވެ. އެއާއެކު، ބައެއް ރަށްތަކުގައި ހިގަމުންދާ ހަމަނުޖެހުންތަކުގައި ޕާޓީގެ މެމްބަރުން ވޯޓު ފޮށިތައް ފަޅާލާފައި ވާއިރު، ޕާޓީންވަނީ ވޯޓު ފޮށިތައް ނުފެޅުމަށްވެސް އިލްތިމާސްވެސް ކޮށްފައެވެ.
އެމްޑީޕީން ބުނެފައިވަނީ މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ކަމުގައެވެ.
އަދި އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެންމެހާ މެމްބަރުންނަށް އަރުވާކަމަށްވެސް އެމްޑީޕީން ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ