ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރެއްވި އެގްރޯ ކުންފުނީގެ އެމްޑީ ހާރޫނު ރަޝީދު މިހާރު ހުންނެވީ ހަނު

އެގްރޯނެޓްގެ އެމްޑީ ހާރޫން ރަޝީދު ނަޝީދު ފަޅިއަށް

އެގްރޯނެޓްގެ އެމްޑީ ހާރޫން ރަޝީދު ނަޝީދު ފަޅިއަށް

ސަރުކާރުގެ އެގްރޯ ކުންފުނީގެ އެމްޑީ، މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހަށް ކުރައްވަމުން ގެންދެވި ތާއީދު އަބުރާ ގެންދިއުމަށްފަހު ނަޝީދަށް ތާއީދު ކުރައްވަން ނިންމެވިކަން ހާމަ ކޮށްފިއެވެ.

މިގޮތުން ޕްރައިމަރީގައި ރައީސް ސާލިހުއާއި ވާދަކުރައްވަމުން ގެންދަވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާއެކީ ހާރޫން ރަޝީދު ނަގާފައިވާ ފޮޓޯއެއް އާންމު ކޮށްފައިވަނީ، ނަޝީދަށް ތާއީދު ކުރައްވަމުން ގެންދަވާ، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.

ހާރޫން ރަޝީދު ނަޝީދުއާއެކީ ނަގާފައިވާ ފޮޓޯ އާންމު ކުރަމުން އަލީ އާޒިމްވަނީ ހާރޫން ރަޝީދުވެސް ހިމެނޭހެން ނަޝީދަށް ތާއީދު ކުރަމުންދާ ކުންފުނިތަކުގެ އިސްވެރިންނަށް ޝުކުރު އަދާ ކޮށްފައެވެ. އަދި އޭނާވަނީ އެންމެ އެކީގޮސް އިންތިޚާބު ކާމިޔާބު ކުރުމަށް ގޮވާލައްވާފައެވެ.

ހާރޫން ރަޝީދު ނަޝީދަށް ތާއީކުރުމަށް ނިންމަވާފައިވާކަން އަލީ އާޒިމް މިރޭ ހާމަ ކުރައްވާފައިވާއިރު، ހާރޫންއަކީ މި ޕްރައިމަރީގައި ރައީސް ސާލިހަށް ތާއީދު ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މިގޮތުން އޭނާވަނީ ރައީސް ސާލިހުގެ ޕްރައިމަރީ ކެމްޕޭންގެ ބައެއް ބައްދަލުވުންތަކުގައިވެސް މީގެކުރިން ބައިވެރިވެފައެވެ.

ހާރޫން ޕްރައިމަރީ ކެމްޕޭންގައި ރައީސް ސާލިހުގެ ކެމްޕޭން ބައްދަލުވުމެއްގައި ބައިވެރިވަނީ

މިހާރު ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، ރައީސް ސާލިހު ވަޒީފާ ދެއްވާފައިވާ، ސަރުކާރުގެ އިސް ބައެއް ވެރިންވެސް ގެންދަވަނީ ރައީސް ސާލިހާއި ދެކޮޅަށް ކެމްޕޭން ކުރައްވަމުންނެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރ ޝިފާޒްއާއި، އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރުވެސް ހިމެނެއެވެ.

ސަރުކާރުން އިސް ބައެއް ވެރީން ރައީސް ސާލިހު ދެއްވި ވަޒީފާގައި ތިއްބަވައިގެން ރައީސްއާއި ދެކޮޅަށް ކެމްޕޭން ކުރައްވަމުން ގެންދަވާތީ އެބޭބޭފުޅުންނަށް ގިނަ ބައެއްގެ ފާޑުކިއުންވެސް ވަނީ އަމާޒު ވެފައެވެ. ގިނަ. ބަޔަކު ދެކޭ ގޮތުގައި ރައީސް ސާލިހުއާއި ދެކޮޅަށް އިސްވަޒީފާތަކުގައި ތިއްބެވި، ސަރުކާރުގެ އިސްވެރިން ނިކުންނަވަން ވާނީ ތިއްބެވި މަގާމްތަކުން އިސްތިއުފާ ދެއްވުމަށް ފަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *