މިއަހަރުގެ ނޮވެމްބަރުމަހު އުފެދިގެންދާ ސަރުކާރުގެ ފުރަތަމަ 5 އަހަރުތެރޭ ރައްޔުތުންގެ ރައްޔިތުންގެ އަމްދަނީ ދެގުނަ ކޮށްދޭނެ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއެޖެ.
ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އައްޑުއަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު ފުވައްމުލަކަށް ވަޑައިގެން އެރުށުގެ އެމްޑީޕީގެ އާންމު މެމްބަރުންނާއި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އުމްރާނީ ތަރައްގީއަކީ ބޭނުންތެރި ކަމެއް ކަމަށާއި، އެހެންނަމަވެސް އެމްޑީޕީގެ ސިޔާސަތަކީ އާންމު ރައްޔިތުންގެ އާމްދަނީ އިތުރު ކޮށްދިނުން ކަމުގައެވެ.
އަޅުގަޑު ތިބޭފުޅުންނަށް ވައުދުވަން އިރާދަ ކުރެއްވިއްޔާ ތިބޭފުޅުންގެ އާމްދަނީ ދެގުނަ ކޮށްދޭނަން ދެން އޮތް 5 އަހަރު ތެރޭ.
އަންނަ ނޮވެމްބަރުމަހުގަ ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރައްވާނީ އެމަނިކްފާނުކަމަށް މޭރުން ކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ގައުމުތަކަށް ޑިމޮކްރަޓިކް ބަދަލުތައް އައުމުން ގައުމުތައް ކުރިއަރާ، ރައްޔިތުން ތަނަވަސް ވެގެން ދާކަމުގައެވެ. އެހެންނަމަވެސް ރާއްޖޭގައި އޮތް ކަންބޮޑުވުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންނާއި ދައުލަތާއި ނުގުޅިއޮތްކަން ކަމުގައެވެ.
މިގޮތުން ނަޝީދު ވިދާޅުވީ ފާއިތުވި 15 ވަރަކަށް އަހަރު ތެރޭގައި ދައުލަތުގެ އާމްދަނީ 10 ގުނަ ވެއްޖެ ކަމަށާއި، މިމުއްދަތުގެ ތެރޭގައި މިހާ ބޮޑު ކުރިއެރުމެށް ދައުލަތުގެ އާމްދަނީއަށް އައި ގައުމެއް ދުނިޔޭގައި މަދުވާނެ ކަމުގައެވެ. އެހެންނަވެސް، ޓެކްސްގެ ނިޒާމުން އިގްތިސާދަށް އައި ކުރިއެރުމުގައި ދައުލަތުގެ އާމްދަނީ 10 ގުނަ ވިއިރުވެސް އާންމު ރައްޔިތުންގެ އާމްދަނީ ދެގުނަވެސް ވެފައި ނުވާކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.
އޭގެ ބަދަލުގައި ނަޝީދުވިދާޅުވީ ތަކެތީގެ އަގުވެސް ޖިއެސްޓީވެސް އިތުރަށް ބޮޑުވެގެން ދިޔައީ އިއްތިހާދުގެ ސިޔާސަތުގެ ސަބަބުން ކަމަށާއި، އެމްޑީޕީގެ ސިޔާސަތު ތަންފީޒުވާން ފެށުމުގެ ރާއްޖެ ބަދަލުވެ ރައްޔިތުން ތިޔާގިވާން ފަށާނެ ކަމަށެވެ.
މިހަރު ކުރިޔަށްދާ "ފިކުރެއްގެ ދިރުން" ކެމްޕޭންގައި ނަޝީދު ފުވައްމުލަކަށް ވަޑައިގެންފައި މިވަނީ އައްޑޫ ސިޓީގައި ކެމްޕޭން ކުރެއްވުމަށް ފަހުއެވެ.
ޕްރައިމަރީއަށް ފޯމު ހުށަހެޅުއްވުމަށްފަހު މިހާތަނަށް ނަޝީދުވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 70 ރަށަކަށް މި ކެމްޕޭންގައި ޒިރާރަތްކޮށްފައެވެ.
އޭގެ އިތުރުން ނަޝީދުގެ "ފިކުރެއްގެ ދިރުން" ކެމްޕޭންގެ ތިން ޓީމަކުން ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރުވަނީ ޒިޔާރަތް ކޮށްފައެވެ.
އަންނަ ހޮހިރު ދުވަހު ވޯޓުލާއިރު ދެ ކެނޑިޑޭޓުންވެސް ދަނީ ވަރަށް ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. ރައީސް ޞާލިހުވެސް އަދި ރައީސް ނަޝީދުވެސް ވަރަށް އިތުބާރާއިއެކު ވިދާޅުވަމުންދަނީ މިއިންތިޚާބު ކާމިޔާބު ކުރާނެކަމަށެވެ.
އެމްޑީޕީން ބުނެފައިވަނީ މި އިންތިޚާބުގައި 200އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓު ފޮށި ބަހައްޓާއިރު، އަތޮޅުތެރޭގައި 194 ވޯޓު ފޮށި ބަހައްޓަން އެޕާޓިން ނިންމާފައިވެއެވެ.މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
މި އިންތިޚާބުގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މީޑިއާތަކަށް ވެސް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ 12:00އާއި ހަމައަށެވެ. ކޮންމެ ވޯޓު ފޮއްޓެއްކައިރި އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ޕްރިންޓް އަދި އޮންލައިން މީޑިއާ އަކުން އެއްބޭފުޅަކަށާއި އަދި ކޮންމެ ޓީވީ ސްޓޭޝަނަކުން 2 މީހަކަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީންވަނީ ޕާޓީގެ ވޯޓާސް ލިސްޓުވެސް މިހާރު އާންމުކޮށްފައެވެ. އެ ލިސްޓުގައި ހިމެނެނީ 57،257 މީހުން ވޯޓު ލެވޭނެކަމަށް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ