ސައުދު ޖުމުހޫރީ ޕާޓީން ވަކިވެއްޖެ

ސައުދު ޖުމުހޫރީ ޕާޓީން ވަކިވެއްޖެ

Author
ހުސެއިން
25 ޖެނުއަރީ 2023 01:20
0

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނެވި ސައުދުﷲ އަހުމަދު ޖުމުހޫރީ ޕާޓީން ވަކިވެއްޖެއެވެ.

ޖުމުހޫރީ ޕާޓީން ވަކިވުމަށް އެދި އޭނާ ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހީމަށް ފޮނުއްވި ސިޓީގައި ވަނީ އެޕާޓީގެ ކައުންސިލުންނާއި އަދި ޕާޓީގެ މެމްބަރުކަމުންވެސް ވަކިވުމަށް ބޭނުންވާތީ ދަފްތަރުން އޭނާގެ ނަން އުނިކޮށްދެއްވާ އަދި އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގަވާ ދެއްވުމަށް އެދޭކަމަށް ދަންނަވާފައެވެ.

ސައުދުއަކީ ޖުމުހޫރީ ޕާޓީގެ ކައުންސިލްގެ މެމްބަރެއްވެސް މެއެވެ. އޭނާ ޖުމުހޫރީއާއި ގުޅިވަޑައިގެންފައިވަނީ ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުގެ ކުރިންނެވެ.

އެހެންނަމަވެސް މިސަރުކާރުގައި އޭނާވަނީ އުވާލާފައިވާ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަންކަން ކުރައްވާފައެވެ. އެއަށްފަހު އޭނާ މަސައްކަތް ކުރައްވާފައިވަނީ ރީޖަނަލް އެއަރޕޯޓްސްގައެެވެ. ސައުދު މިހާރު ހުންނެވީ ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖައާ
ތިމަގާމުންވެސް ވަކިވޭ