އައްޑޫ ސިޓީގެ ގަން އެއަރޕޯޓު ތަރައްގީ ކުރާނެ ބަޔަކު ކަނޑައަޅައި "ނޮޓީފިކޭޝަން އޮފް އިންޓެންޓު ޓު އެވަރޑް" އެފަރާތާއި ހަވާލު ކޮށްފައިވާކަން އިކޮނޮމިކް މިނިސްޓްރީން ހާމަ ކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި ޓުވީޓެއްގައި ހާމަ ކޮށްފައިވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބިޑް ކާމިޔާބު ކުރި ފަރާތާއި ބިޑް ކާމިޔާބުވި ކަމުގެ ނޮޓިފިކޭޝަން ހަވާލު ކޮށްފައިވާއިރު، މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ ދެކުނަށް އިގްތިސާދީ ކުރިއެރުމާއި ތަރައްގީ ގެނެސް ދޭނެ މުހިންމު މަޝްރޫއަކަށް ކަމުގައެވެ.
އިތުރަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މިމަޝްރޫޢުގެ ދަށުން ޑިއުޓީ ފްރީ ޝޮޕްތަކާއި ލައުންޖު ތަކާއި، ރެސްޓޯރަންޓްތަކާއި ކާގޯ ފެސިލިޓީ ތަކާއި، މަގުތަކާއި ޕާރކިންގ އޭރިއާގެ އިތުރުން، އަހަރަކު 1.5 މިލިއަން ޕަސެންޖަރުންނަށް ޚިދުމަތް ދެވޭ މިންވަރަށް ޕަސެންޖަރ ޓަމިނަލް ބޮޑު ކުރެވިގެންދާނެ ކަމުގައެވެ.
ގަން އެއަރޕޯޓު ތަރައްގީ ކުރުމުގެ ބިޑް ކާމިޔާބު ކުރި ފަރާތަށް ނޯޓިސް ހަވާލު ކޮށްފައިވާކަން އިކޮނިމިކް މިނިސްޓްރީން ހާމަ ކޮށްފައިވި ނަމަވެސް، އެއީ ކޮން ފަރާތެއްކަމެއް އެމިނިސްޓްރީން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ