ނަޝީދުވެ ވެރިކަމުގެ ފުރަތަމަ ބަންޑާރަ ނައިބު ދިޔާނާ ސައީދުއާއި، ރައީސް މައުމޫނުގެ ވެރިކަމުގައި ބަންޑާރަ ނައިބުކަން ކުރެއްވި ޑރ. މުނައްވަރު އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭންގައި ނަޝީދަށް ތާއީދުކޮށް، އެމަނިކުފާނުގެ އަރިހުގައި މިއަދު އައްޑުއަށް ވަޑައިގެންފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ކަންކަންމުން ދުރުގައި ހަނު ހުންނެވުމަށްފަހު ދާދިފަހުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާން ފެއްޓެވި ޑރ. މުނައްވަރު މީގެ ކުރިން ވަނީ ބައެއް ކަންކަމާއި ގުޅިގެން ނަޝީދަށްވެސް ފާޑު ވިދާޅުވެފައެވެ. އަދި ދިޔާނާ ސައީދަކީވެސް ފަހަކަށް އައިސް ގިނަ ކަންކަމާއި ގުޅޭގޮތުން ރައީސް ސާލިހުގެ ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. ދިޔާނާ ސައީދަކީ ކުރިން ނަޝީދުއަށް ވަރަށް ބޮޑަށް ފާޑިވިދާޅުވަމުން ގެންދަވާފައިވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.
ޑރ. މުވނައްވަރާއި ދިޔާނާ ސައީދު ނަޝީދާއެކު ކެމްޕޭނަށް އައްޑުއަށް ވަޑައިގެންފައިވާއިރު، ދާދިފަހުން ނަޝީދު ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެކަނިކުފާނުގެ ރަނިންގ މޭޓެއްގެ ގޮތުގައި ހަމަޖައްސަވާނީ އައްޑޫގެ ޒުވާނެއް ކަމުގައެވެ.
ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި ނަޝީދު ގެންދަވަނީ ދިޔާނާ ސައީދު ރަނިންގ މޭޓަކަށް ހަމަޖައްސެވުމާއި ގުޅޭގޮތުން ވިސްނަވަމުންނެވެ.
ދިޔާނާ ސައީދަކީ 2018 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަނަށް ތާއީދު ކުރެއްވި ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ