ސްވިޑެންގައި ކީރިތި ޤުރުއާން އަންދާލި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސްވިޑެންގައި ކީރިތި ޤުރުއާން އަންދާލި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

Author
ޢަލީ އާދަމް
22 ޖެނުއަރީ 2023 02:17
0

ސްވިޑެންގައި ކީރިތި ޤުރުއާން އަންދާލި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން މިކަން ކުށްވެރިކޮށްފައިވަނީ ސްވިޑަންގައި ކީރިތި ޤުރުއާން ރޯކޮށްލި ހާދިސާ ކުށްވެރިކޮށް ރުނު ބަޔާނެއްގައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނުގައި ވަނީ 2023ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21ވަނަ ދުވަހު ސްވިޑެންގެ ހަރުކަށި ފިކުރުގެ ސިޔާސީ ޕާޓީ ސްޓްރެމް ކުރުސްގެ ލީޑަރު ރަސްމުސް ޕަލޫދާން ސްވިޑަންގައި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ހިންގި ނާތަހުޒީބު އަމަލު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

ވިސްނުމާއި އިޖުތިމާއީ އެއްބައިވަންތަކަމުގެ ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް، މިފަދަ އަމަލުތަކުގެ ސަބަބުން ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ އަސާސްތައް ދަމަހައްޓަން ކުރާ ހުރިހާ މަސައްކަތަކަށް ބުރޫ އަރާކަމަށް ދިވެހި ސަރުކާރުން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.