ނަޝީދު ފެކްޝަން ދޫކޮށް މޫސާ ސިރާޖު ރައީސް ސާލިހުގެ ކެމްޕޭނަށް

ނަޝީދު ފެކްޝަން ދޫކޮށް މޫސާ ސިރާޖު ރައީސް ސާލިހުގެ ކެމްޕޭނަށް

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ގިނަ ދުވަސްތަކެއް ވަންދެން ހަނު ހުންނެވުމަށް، ޕްރައިރީގައި ވާދަ ކުރައްވާ ދެބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕޭނާއި ގުޅިވަޑައިގަންނަވަން ނިންމަވާފައިވާކަން ލ. ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު މޫސާ ސިރާޖު ހާމަ ކުރައްވައިފިއެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ ޚިޔާލުތަފާތުވުން ތަކުގައި މިހާތަނަށް ނަޝީދު ފެކްޝަނަށް ތާއީދު ކުރައްވަމުން އައިކަމަށް ބެލެވޭ މޫސާ ސިރާޖު އޭނާގެ ވިސްނުން ބަދަލުކޮށް، ރައީސް ސާލިހުގެ ކެމްޕޭނަށް ތާއީދުކުރަން ނިންމެވިކަން ހާމަ ކުރައްވާފައި ވަނީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.

އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު އިންތިހާބަށް ނުކުތުން މުހިންމު ކަމަށް ފެންނާތީ، ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރުމަށް ނިންމައިފި ކަމުގައެވެ.

މޫސާ ސިރާޖް ރައީސް ސާލިހަށް ތާޢީދު ކުރައްވަން ނިންމަވާފައިވާއިރު، އޭނާ މިހާތަނަށް ފާހަވެގެން ދިޔައީ ރައްޔިތުންގެ މަޖިލިހުގައި ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވާ މެމްބަރެއްގެ ގޮތުގައެވެ. އަދި އޭނާ ގިނަ ފަހަރަށް މަޖިލިހުގައި ވާހަކަ ދައްކަވާފައިވަނީ ނަޝީދުގެ ފެކްޝަނަން ތާއީދުކުރާ މެމްބަރުންގެ ވިސްނުމާއި އެއް ލައިނަކުންކަން ފާހަގަ ކުރެވިފައި ވެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ކެމްޕޭން އެޕާޓީގެ އިސް ދެ ލީޑަރުންގެ މެދުގައި ވަރަށް ވާދަވެރިކޮށް ކުރިޔަށް ދާއިރު، ބައެއް މަޖިލިސް މެމްބަރުން އަދިވެސް ހަނު ތިއްބެވިކަން ފާހަގަ ކޮށްލެވެއެވެ. އަދި އަނެއްބައި މެމްބަރުންވަނީ ކޮޅުވެސް ބަދަލު ކޮށްފައެވެ.

މިގޮތުން މި ކެމްޕޭންގައި އެންމެ ފުތަމަ ރައީސް ސާލިހުގެ ކެމްޕޭނުގައި މަސައްކަތް ކުރެއްވުމަށްފަހު ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުއްލަތީ ވަނީ ކޮޅު ބަދަލު ކުރައްވާ ނަޝީދުގެ ކެމްޕޭނާ ގުޅިވަޑައިގެންފައެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *