ޖީއެސްޓީއަށްއައި ބަދަލާއި އެކު ބާޒާރުގައި މުދަލުގެ އަގުވަނީ އިންތިހާއަށް އަށްބޮޑުވެފައެވެ. ޒަރޫރީ އަދި ކޮންމެ ދުވަހަކުވެސް ކެއިންބުއިމަށް ބޭނުންކުރާ ތަކެތިން އަގުބޮޑުވެގެންދިޔުންވީ އާންމުން ކަންބޮޑުކޮށްލި ކަމަކަށެވެ. މިކަންބޮޑުވުން އިތުރުވެގެންދިޔައީ ކޮންމެ ދުވަހަކު ބޭނުން ކުރަމުންދާ، ދަރިވަރުންގެ ނާސްތާގައި ހިމެނިފައިވާ ހިކިކިރުގެ އަގުވެސް ކުއްލިއަކަށް، އިންތިހާއަށް ދާދިފަހުން ބޮޑުވެގެންދިއުމެވެ.
އާންމުގެ މިކަންބޮޑުވުން ސޯޝަލްމީޑިއާގައި ފަތުއަޑުކިޔާފައި ހިއްސާކުރެވެމުންދަނިކޮށް ރެޑުވޭވުން މިވަނީ މިކަންބޮޑުވުމަށް ލުޔެއް ދިނުމަށް ނިންމާފައެވެ. އެގޮތުން އެކުފުނިން ރާއްޖޭގެ ބާޒާރަށް ގިނަ އަދަދަކަށް އެތެރެކޮށް ކަސްޓަމަރުންގެ މަޤްބޫލުކަން ހޯދާފައިވާ މަޖަން ހިކި ކިރުގެ އަގު، ބޮޑު ނުކުރާނެކަމުގެ ޔަޤީންކަން އެކުންފުނިން ވަނީ ދީފައެވެ. ރެޑްވޭވްގެ އޮފިޝަލު މައުލޫމާތު ދެއްވިގޮތުގައި ދުނިޔޭގެ މާރކެޓަށް އައި ބަދަލާއި އެކު ޕައުޑަރ މިލްކުގެ އަގުތަށް އުފުލިގެން ދިޔުމާއިއެކުވެސް، ރެޑްވޭވްގެ މިލްކް ޕައުޑަރުގެ އަގުތައް، އެކުންފުނީގެ ކަސްޓަމަރުންނަށް ބުރަ ނުވާނެހެން އެއް ހަމައެއްގައި ވަނީ ހިފަހައްޓާފައެވެ.
އެގޮތުން މަޖަންގެ 800ގ ޕެކެޓެއް 90 ރ އަށް ލިބިގެންދާނެއެވެ. އަދި 1.8ކިލޯ ގެ ޕެކެޓެއް 199ރ އަށް ހުރިއިރު، 2.25ކިލޯ ގެ ޕެކެޓެއްވެސް ހުރީ ބާޒާރުގެ އެންމެ ހެޔޮ އަގުކަމުގައިވާ 255ރ އަށެވެ. އެކުންފުނީގެ ހޯލްސޭލް އަދި ރީޓޭލް ކަސްޓަމަރުންނަށްވެސް ކުރީގައިވެސް ހުރި، ބަދަލެއްނުވާ ހެޔޮ އަގުގައި މަޖަން ހިކިކިރު ލިބިގެންދާނެއެވެ. މަޖަންއަކީ ރާއްޖެއަށް އެތެރެކުރާ ގިނާ ބްރޭންޑްތަކެއްގެ ކިރެކޭ އެއްފަދައިން، ދިވެހިންގެ ރަހަތަކާއި ގުޅޭ ނިއު ޒިލޭންޑުގެ އުފެއްދުމެކެވެ.
ރެޑްވޭވްގެ އޮފިޝަލް އިތުރަށް ހާމަކުރެއްވިގޮތުގައި މަޖަން ހިކި ކިރު ނޫނަސް އާންމުކޮށް ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ މުދާ ރެޑްވޭވުން ލިބިގެންދާނީ ހެޔޮ އަދި ހަމަ އަގުގައެވެ. އެގޮތުން، މަސްދަޅު، ޓޮމާޓޯ ޕޭސްޓް، ސަންފްލާވަރ އޮއިލް އަދި މައިލޯ ފަދަ ޕްރޮޑަކްޓްގެ އަގު ރެޑްވޭވްގައި އާންމުގޮތެއްގައި ހެޔޮކަން ފާހަގަވެއެވެ. އަދި ކަސްޓަމަރުން ވިޔަފާރި ކުރެއްވުމުގައި އަގުހެޔޮކޮށް އެއްޗެހި ބައްލަވައިގަތުމަށް ސަމާލުކަންދޭނަމަ، މުދަލުގެ އަގަށްއައި ބަދަލުން ވާ ގެއްލުން ލުއި ކުރެވޭނެ ކަމަށް ރެޑްވޭވުން ދެކެއެވެ.