ޓޫރިޒަމް ގާނޫނުގެ އިސްލާހުތަކަކީ ވަކިބަޔަކު މުއްސަދިކޮށް، ނާޖައިޒްފައިވާ ނަގަން ގެންނަ އިސްލާހުތަކެއް: އަލްހާން

ޓޫރިޒަމް ގާނޫނުގެ އިސްލާހުތަކަކީ ވަކިބަޔަކު މުއްސަދިކޮށް، ނާޖައިޒްފައިވާ ނަގަން ގެންނަ އިސްލާހުތަކެއް: އަލްހާން

Author
މުޙައްމަދު ޝަޒައިމް
24 ނޮވެމްބަރ 2020 08:21
0

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން ޓޫރިޒަމްގެ ގާނޫނަށް ގެންނަން ސަރުކާރުން މިއަދު ހުށަހެޅި އިސްލާހުތަކަކީ ވަކި ބަޔަކު މުއްސަދިކޮށް، އެކަމުގެ ނާޖައިޒް ފައިދާ ނަގަން ހުށަހަޅާފައިވާ އިސްލާހު ތަކެއްކަމުގައި މާލެ ސިޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ޓުވަރިޒަމް ޤާނޫނަށް ހުށަހަޅާފައިވަ އިސްލާހުތަކާއި ގުޅޭގޮތުން އަލްހާން ވިދާޅުވީ މިއީ ވަރަށް ނުބައި ނިޔަތެއްގައި ހުށަހަޅާފައިވާ އިސްލާހު ތަކެއްކަމަށެވެ. މިއީ ވަކިބަޔަކު މުއްސަދިކޮށް ވަކިބައެއްގެ ޖީބު ފުރާލައި، ނާޖައިޒް މަންފާ ހޯދުމަށް ރޭވިގެން ހިންގާ ބޮޑު ޖަރީމާއެއްކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ. އަދި މިއީ ދައުލަތުގެ ހަރުމުދާތައް ނުއަގުގައި ކުށްޔައްދީ، މިހާރުވެސް މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ މީހުންނަށް އިތުރު ލުޔެއް ހޯދައިދީ، ނުއަގުގައި މުއްދަތު އިތުރުކުރުމަށް ކުރެވޭ ކަމެއްކަމަށް އަލްހާން ވިދާޅުވިއެވެ.

ޓޫރިޒަމް ޤާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާހުތަކަކީ ވަކި ބަޔަކު މުއްސަނދިކޮށް، އެކަމުގެ ނާޖާއިޒު ފައިދާ ނަގަން ކުރާ ކަމެެއް! ދައުލަތުގެ ހަރު މުދާ ނުއަގުގައި ބަޔަކަށް ކުއްޔަށް ދިނުމަށް، ގެންނަ އިސްލާހުތަކެއް! ފައިސާ ނުދައްކާ މީހުންނަށް ގޮތެއް ހޯދާދީ، ނުއަގުގައިމުއްދަތު އިތުރުވޭ!

– އަލްހާން ވިދާޅުވިއެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަަހެޅުއްވި ބިލުގައިވާ ގޮތުން، ޓޫރިޒަމަށް ދޫކުރާ ބިންތަކުން ނަގާ ކުއްޔަށް ބޮޑު ބަދަލެއް އަންނާނެ އެވެ. ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައި އެއް ރޭޓަކުން ކުލި ނެގުމުގެ ބަދަލުގައި އެކި ސަރަހައްދުތަކަށް އެކި އަގު ނަގަން އެ ބިލުގައި ވެ އެވެ. އެއީ މާލެއާ ދުރުވާ ވަރަކަށް އަގުހެޔޮވާ އުސޫލަކުންނެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ބަދަލުގެންނަން ހުށަހެޅި ބިލަށް، އެ ބިލް ސްޕޮންސާ ކުރެއްވި މެމްބަރު އަލީ އާޒިމް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެ ބިލްގައި ހުރި ބައެއް ކަންތައްތަކަކީ އޭނާ ސިފަކުރެއްވި ގޮތުގައި ޓޫރިޒަމުން ލިބެން އޮތް ނަފަޔަށް އެޅޭ ހުރަސްތަކެކެވެ. އޭނާ އެންމެ ބޮޑަށް ފާޑުވިދާޅުވީ ޓޫރިޒަމް އިންޑަސްްޓްރީގައި ބައިވެރިވާން ސަރުކާރުގެ އިތުރު ކުންފުންޏެއް އުފައްދަން ހުށަހަޅާފައި އޮތީމަ އެވެ. އާއްމުންގެ ވިޔަފާރީގެ ތެރެއަަށް ސަރުކާރުން ވަންނަން ކުންފުންޏެއް ހެދުމަކީ އެ ސިނާއަތުގެ މަންފާގައި އަތްއެޅުން ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމްގެ ގާނޫަނަށް ގެންނަ އިސްލާހަކީ އެ ބިލް ގާނޫނަކަށް ވުމުން ސަރުކާރަށް އާމްދަނީ ލިބޭނެ ބިލަކަށް ވާތީ މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީ އަށް އާޒިމް އެ ބިލް ހުށަހެޅުއްވި އެވެ. އޭނާގެ ހުށަހެޅުއްވުމަށް ޖަވާބު ދެއްވަމުން ރިއާސަަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާފައި ވަނީ އެ ބިލު ގާނޫނަކަށް ވުމުން ލިބޭ އާމްދަނީ ހިމަނައިގެން ކަމަށެވެ. އެހެންވެ އެ ބިލްގެ މަސައްކަތް އަވަހަށް ނިންމެވުމަކީ އަމާޒެއް ކަަމަށް ވިދާޅުވިއެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.