ޒަވީ އާއިއެކު ރެއާލް ބަލިކޮށް ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބުކޮށްފި

ޒަވީ އާއިއެކު ރެއާލް ބަލިކޮށް ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބުކޮށްފި

ގުޅުންހުރި

ރެއާލް މެޑްރިޑްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ސްޕެނިޝް ސުޕަ ކަޕް ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.

މިދެ ޓީމު ވެސް ފައިނަލުން ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. ރެއާލް މެޑްރިޑުން ސެމީ ފައިނަލް ގައި 1-1 އިން ވެލެންސިއާ އާ ވާދަކޮށް އެއްވަރު ވުމުން ޕެނަލްޓީ ޝޫޓައުޓް ކާމިޔާބު ކުރީ 4-3 އިންނެވެ. ބާސެލޯނާ އާއި ރެއާލް ބެޓިސް ބައްދަލު ކުރި ސެމީ ފައިނަލް މެޗު 2-2 އިން އެއްވަރު ވުމުން ޕެނަލްޓީ ގައި ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ކުޅުނު ސުޕަ ކަޕުގެ ފައިނަލުގެ ފުރަތަމަ ހާފުގައި ބާސާއިން ދެ ލަނޑު ޖެހިއެވެ. އެ ޓީމުގެ ރޮބަޓް ލެވަންޑޯސްކީ އާއި ޕަބެލޯ މާޓިން ގަވީ އެ ދެ ލަނޑުގައި ހިއްސާވިއެވެ.

ފުރަތަމަ ލަނޑު މެޗުގެ 33 ވަނަ މިނެޓްގައި ގަވީ ޖެހީ ލެވަންޑޯސްކީ ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. ފުރަތަމަ ހާގު ނިމުމުގެ ކުރިން ލެވަންޑޯސްކީގެ ލަނޑު އޭނާ ޖެހީ ގަވީ ދިން ބޯޅައަކުންނެވެ. ދެވަނަ ހާފުގައި ވެސް ޑޮމިނޭޓް ކުރީ ބާސާއިންނެވެ. އެ ޓީމުގެ ތިންވަނަ ލަނޑު ޕެޑްރީ ގޮންޒާލޭޒް ޖެހީ 69 ވަނަ މިނެޓްގައެވެ. ރެއާލްގެ ހަމައެކަނި ލަނޑު ކެޕްޓަން ކަރީމް ބެންޒެމާ ޖެހީ މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތު ތިންވަނަ މިނެޓްގައެވެ.

މިދެޓީމު އޮކްޓޯބަރު މަހު ވާދަކުރި މެޗު ހަމަ މި ނަތީޖާއިން ކާމިޔާބުކުރީ ރެއާލް މެޑްރިޑެވެ. ލީގުގައި މިވަގުތު އެއްވަނާގައި އޮތީ ބާސެލޯނާއެވެ. ތިން ޕޮއިންޓްގެ ލީޑަކާއެކު ބާސާ ކުރީގައި އޮތުމުގެ އިތުރުން ހުރިހާ މުބާރާތްތަކެއްގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުންވެސް ބާސާ ބަލިނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ