ބޭނުންވަނީ ސުލަހްވެރި ސިޔާސީ ހަރަކާތުން ވެރިކަން ހޯދަން: ނަޝީދު

ބޭނުންވަނީ ސުލަހްވެރި ސިޔާސީ ހަރަކާތުން ވެރިކަން ހޯދަން: ނަޝީދު

ބަޑީގެ ވަޒަނުންވެސް އަދި ބަޢާވާތުންވެސް ވެރިކަން ހޯދިދާނެ ކަމަށާއި، އެހެންނަމަވެސް ބޭނުންފުޅުވަނީ ސުލްހަވެރި ސިޔާސީ ހަރަކާތުން ވެރިކަން ހޯދުން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ކެމްޕޭންގައި މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތ. މަޑިފުއްޓަށް ވަޑައިގެން އެރަށުގެ އެމްޑީޕީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ވެރިކަން ހޯދިދާނެ އެތައް ގޮތެއް ހުރި ކަމުގައެވެ. އެހެންނަމަވެސް ނަޝީދު ވިދާޅުވީ ވެރިކަން ހޯދުމުގެ ހަގީގީ ބޭނުމަކީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުން ކަމަށާއި، ރައްޔިތުންގެ ގާތަށް މިހާރު ވަޑައިގެންނެވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވެދާނެތީ ކަމުގައެވެ.

ވެރިކަން ހޯދިދާނެ އެތައް ގޮތަކަށް. ބަޑީގެ ވަޒަނުން ވެސް ހޯދިދާނެ. ބަޣާވާތުން ވެސް ހޯދިދާނެ. ނަމަވެސް އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ސުލްހަވެރި ސިޔާސީ ހަރަކާތުން ވޯޓުން ވެރިކަން ހޯދަން.

ނަޝީދު ވިދާޅުވިއެވެ.

މަޑިފުށީ އެމްޑީޕީގެ ސަޕޯޓަރުންނާއި ވާހަަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަބަދުގެވެސް އަމާޒަކީ ރައްޔިތުންނަށް ޚިދުމަތް ކޮށްދެވޭނެ ފުރުސަތު ހޯދާ ދިނުންކަމުގައެވެ. ނަޝީދު ވިދާޅުވީ އެހެންނަަމަވެސް 2023 ވަނަ އަހަރުގެ އިންތިޚާބާ ކުރިމަތިލާއިރު ސަރުކާރާ ނުރުހޭ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމުގައެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއާއި ގިނަބަޔަކު ނުރުހުންވީ އެޕާޓީގެ ދަފްތަރުން 39،000 މީހުން އުނިކޮށްގެން ކަމަށާއި، އެމީހުންގެ ވޯޓު ދެން އެމްޑީޕީއަށް ހޯދުން ފަސޭހަ ނުވެދާނެ ކަމުގައެވެ.

ރައީސް ސޯލިހް، 70،000 ވޯޓު ނަގާލައްވައިފި. އެބޭފުޅާ ލަފާކުރައްވައިގެން ހުންނެވީ އިއްތިހާދުގެ ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް. ނަމަވެސް މިއީ 2018 ވަނަ އަހަރެއް ނޫން. 2018 ވަނަ އަހަރު ގާސިމް އިބްރާހިމް ހުންނެވީ ޖަލުގައި. ރައީސް މައުމޫން ހައްޔަރުކޮށް، ޝެއިހް އިމްރާން ވެސް ހައްޔަރު ކުރީ.

ރައީސް ސާލިހަށް އިއްތިހާދެއް ހައްދަވައިގެންވެސް އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެކަމަށް ވިދާޅުވަމުން ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޕްރައިމަރީއާއި ދިމާކޮށް ސަރުކާރުން ވަރަށް ގިނަ ކަންކަން ކުރާން ފަށާފައިވާ ކަމަށާއި، އެހެންނަމަވެސް އެކަންކަން ކުރާނެ ފައިސާ ދައުލަތުގައި ނެތްކަމަށެވެ.

ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ނަޝީދު މިހާރު ތ. އަތޮޅަށް ދަތުރު ކުރައްވަމުން ގެންދަވާއިރު ރައީސް ސާލިހު ގެންދަވަނީ އައްޑޫ ސިޓީގައި ކެމްޕޭން ކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މިހާރުއަނދަގޮނޑިޖަހާވަރެއްވެސްނު ވޭނުޖަހައިބަހައްޓާވަރެއްވެސްނުވޭ

Leave a Reply

Your email address will not be published. Required fields are marked *