އަމީނީ މަގުގެ މައްސަލާގައި ޙަސަން ލަތީފްގެ މަލާމަތެއް ސަރުކާރަށް!

އަމީނީ މަގުގެ މައްސަލާގައި ޙަސަން ލަތީފްގެ މަލާމަތެއް ސަރުކާރަށް!

ގުޅުންހުރި

މާލޭގެ އަމީނީ މަގު ހެދުމާ ގުޅޭ ތަފްސީލީ މައުލޫމާތު ދިނުން ހުއްޓުވައި ދިނުމަށް، އެ މައްސަލަ އިސްތިއުނާފުކުރަން ޕްލޭނިން މިނިސްޓްރީން ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ޙަސަން ލަޠީފް ސަރުކާރަށް މަލާމާތްކުރައްވައި ފާޑުވިދާޅުވެއްޖެއެވެ.

މަލާމާތްކުރުމުގެ ގޮތުން ޓްވީޓްކުރައްވައި ހަސަން ވިދާޅުވެފައިވަނީ ރައީސް ޞާލިޙް ވަރަށް ގަދަކަމަށެވެ. އަދި ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް މިކަހަލަ ކަންކަން ސިއްރުކުރަން އުޅުއްވުމަކީ ރައްޔިތުން ސަރުކާރަށް ކޮރަޕްޝަންގެ އިނގިލި ދިއްކުރާ ސަބަބެއްކަމަށް ހަސަން ވިދާޅުވެފައިވެއެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ތަފްސީލް މަޢުލޫމާތު ހޯދަން އެދުނީ ތިމާވެށީގެ މައްސަލަތަކުގައި ވަކާލާތުކުރާ މީހެކެވެ. އޭނާވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ގާނޫނުގެ ދަށުން، އެމަޢުލޫމާތު ހޯދަން ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅާފައެވެ.

މިދިޔަ އޮގަސްޓުމަހު ހޯދަން އެދުނު މަޢޫމާތެއް އަދިވެސް ނުދެއެވެ. އޭނާ އެދުނީ އަމީނީ މަގުހަދުމަށް، އެމަގުގައި ކުރިން ހުރި ގަސްތައް ކެނޑިއިރު ގަހެއް ކަނޑާނަމަ އެކަން ކުރުމަށް މަޝްރޫޢުގެ ޕްލޭންގައި ރާވާފައިވާ ގޮތާއި، އެކަމަށްޓަކައި އެއްވެސް ސާވޭއެއް ހަދާފައިވޭތޯ އާއި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުން ހޯދުމަށެވެ.

މީގެތެރެއިން މަގު ހެދުމުގެ ތަފްސީލީ ޑިޒައިންގެ ކުރެހުންތަކާއި އެއްބަސްވުމުގެ ކޮޕީ ޕްލޭނިން މިނިސްޓްރީ ނުދިނެވެ. އެހެން މަޢުލޫމާތު ދިނެވެ. އެހެންނަމަވެސް މަގު ހެދުމުގެ ތަފްސީލީ ޑިޒައިންގެ ކުރެހުންތަކާއި އެއްބަސްވުމުގެ ކޮޕީވެސް އެމީހާއަށް ދިނުމަށް އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުންވަނީ އަންގާފައެވެ. އިންފޮމެޝަން ކޮމިޝަނަރުގެ އެންގެވުމަށް ޢަމަލުނުކޮށް ޕްލޭނިން މިނިސްޓްރީންވަނީ އެކަން ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ