ކެމްޕެއިންގައި ރައީސް ޞާލިޙް އައްޑުއަށް، ނަޝީދު ހައްދުންމައްޗަށް

ކެމްޕެއިންގައި ރައީސް ޞާލިޙް އައްޑުއަށް، ނަޝީދު ހައްދުންމައްޗަށް

Author
މުޙައްމަދު ޖިމީ
13 ޖެނުއަރީ 2023 04:27
0

އެމްޑީޕީގެ ޕްރައިމަރޫގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް އަދި ރައީސް މުޙައްމަދު ނަޝީދު ހައްދުންމައްޗަށް މިއަދު ވަޑައިގަންނަވާނެއެވެ.

މިމަހުގެ 28ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޥާދަވެރިކަންބޮޑުވެފައިވަނީ ރައީސް ޞާލިޙައި ރައީސް ނަޝީދު ވާދަކުރައްވާތީއެވެ. މި ކެމްޕެއިންގައި ރައީސް ނަޝީދު މިހާރު ވަނީ ހައްދުންމައްޗަށް މިއަދު ވަޑައިގެންފައެވެ. އަދި މިއަދު ހަވީރު ރައީސް ޞާލިޙް އައްޑޫއަށް ވަޑައިގަންނަވާނެއެވެ.

ނަޝިދު ފުރަތަމަ ވަޑައިގަތީ ކައްދޫއިން އިސްދޫއަށެވެ. އެރަށުގައި ގެއިންގެއަށް ކެމްޕެއިންކުރެއްވުަމށްފަހު ކަޅައިދޫއަށް ވަޑައިގަންނަވާނެކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ބުންޏެވެ. އަދި އިތުރު ރަށްތަކަށްވެސް ވަޑައިގަންނަވާނެއެވެ. ނަޝިދުގެ ކެމްޕެއިންގައި ލ.އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް އަލީވެސް ބައިވެރިވެވަޑައިގަންނަވައެވެ. ލ.އަތޮޅަށްފަހު ނަޝިދު ވަޑައިގަންނަވާނީ ތ. ވ އަދި މ.އަތޮޅަށެވެ.

މީގެ އިތުރުން ރައީސް ޞާލިޙް މިއަދު އައްޑޫއަށް ވަޑައިގެން އެ ސިޓީގައި ކެމްޕެއިންގެ ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ގެއިންގެއަށް ވަޑައިގަތުމަށްވެސް ހަމަޖެހިފައިވެއެވެ. ރައީސްގެ ދަތުރުފުޅުގައި ރަސްމީ ބައެއް ކަންކަންވެސް ކުރިއަށްދާނެއެވެ. އެގޮތުން ފޭދޫ ސްކޫލަށް 50 އަހަރުފުރުން ފާހަގަކުރުމަށް މިރޭ ބާއްވާ ރަސްމިއްޔާތާއި، އައްޑޫގައި ހުންނަ ޕޮލިސް އެކަޑަމީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.