މޮޅުވުމުގެ ރޫހު ދަމަހައްޓަން ޖެހޭ: ޕިރްލޯ

މޮޅުވުމުގެ ރޫހު ދަމަހައްޓަން ޖެހޭ: ޕިރްލޯ

ގުޅުންހުރި

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައ މިރޭ ހަންގޭރީގެ ފެރެންސްވަރޯސްއާ ދެކޮޅަށް ނުކުންނައިރު ޔުވެންޓަސްއިން މޮޅުވުމުގެ ރޫހު ދަމަހައްޓަން ޖެހޭކަމަށް އެޓީމުގެ ކޯޗު އަންދްރޭ ޕިރްލޯ ބުނެފިއެވެ.

މެޗުގެ ކުރިން ވާހަދައްކަމުން ޕިރްލޯ ބުނީ ލީގުގައި ހޮނހިރު ދުވަހު ހޯދުނު މޮޅަކީ މިމެޗަށް ނުކުންނައިރު އެއްވެސް އެއްޗެއް ނޫންކަމަށާއި މިއީ މުޅިންތަފާތު އެހެން މެޗެއްކަމަށެވެ. އަމިއްލަ ދަނޑުގައި ނުކުންނަން ތައްޔާރުވާ މެޗާ ގުޅޭގޮތުން ޕިރްލޯ ބުނީ ޔުވެންޓަސްއަކީ ބޮޑުޓީމެއްކަމަށާއި އެކަން ދަނޑުމަތިންވެސް ކުޅުންތެރިން ސާބިތުކޮށްދޭން ޖެހޭކަމަށެވެ. މެޗަށް ނުކުންނާނީ ފައިނަލަކަށް ތައްޔާރުވާފަދައިން ކަމަށާއި މެޗުން މޮޅުވެ ގަދަ 16ގެ ޖާގަ ޔަގީން ކުރަން ޔުވެންޓަސް އޮތީ ތައްޔާރަށްކަމަށް ޕިރްލޯ ބުނިއެވެ.

ކޯޗު ބުނީ ކުރިޔަށް އޮތް މެޗުގެ ކުރިން ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތުދޭން ބޭނުންވާކަމަށެވެ. އަދި ބާކީ ދެމެޗު އޮއްވާ މުބާރާތުގެ ނޮކްއައުޓްބުރުން ފުރުސަތު ހޯދަން ބޭނުންވާކަމަށް އޭނާ ބުންޏެވެ. އޭނާގެ ޓީމުގެ ކުޅުންތެރިން ތިބީ ރަނގަޅު ހާލަތުގެ ކަމަށާއި މެޗަށް ނުކުންނާނީ އިތުރަށް ކަންކަން ރަނގަޅުކޮށްގެން ކަމަށް ޔުވެންޓަސްއާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރި އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ޕިރްލޯ ބުންޏެވެ.

" ޓީމުށް އަދިވެސް ރަނގަޅަށް އަހަރެން ބޭނުންވާވަރަކަށް ބައްޓެމެއް ނުވޭ، ހަމަހަމަ ސްކޮޑެއް ޓީމުގަ އޮންނަޖެހޭ، ހުރިހާ ކުޅުންތެރިން އެކުވެ އަހަރަމެންނަށް ހައްލުހޯދޭނެ."

– ކޯޗު އަންދްރޭ ޕިރްލޯ

ޕިރްލޯ ބުނީ ފެރެންސްވަރޯސް އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެންމެފަހުން އެޓީމާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާ މުހިންމެއް ނޫންކަމަށެވެ. ހޯދޭ ރަނގަޅު ނަތީޖާތަކުގެ ސަބަބުން ކުޅުންތެރިން އަމިއްލަ ކޮންފިޑެސް ރަނގަޅުވާތަން ފެނެންނަ ކަމަށާއި އެ ރޫހުގައި ކުޅެ ޔުވެންޓަސްއަށް ކާމިޔާބު ހޯދޭނެކަމަށް ޕިރްލޯ ބުނިއެވެ.

މިރޭގެ މެޗުން ޔުވެންޓަސް މޮޅުވެ ޑައިނަމޯކިއޭވް އަށް ބާސެލޯނާ އަތުން މޮޅެއް ނުހޯދިއްޖެނަމަ ޔުވެންޓަސް މުބާރާތުގެ ގަދަސޯޅައަށް ދަތުރުކުރާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ