ބާސެލޯނާ އަށް އެއްވަނާގައި ތިން ޕޮއިންޓް ލީޑެއް

ބާސެލޯނާ އަށް އެއްވަނާގައި ތިން ޕޮއިންޓް ލީޑެއް

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2023 09:37
0

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވުމުގެ ފައިދާ ނަގާ, ބާސެލޯނާއިން އެއްވަނާގައި އަލުން ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ބާސެލޯނާއިން އަލުން ލީޑް ނެގީ އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި އެޓީމްގެ މައްޗަށް ކުރިހޯދައިގެންނެވެ. ބާސެލޯނާ ކުރިހޯދީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި ޖެހީ ޑެމްބެލޭއެވެ. މެޗުގެ އިތުރު ވަގުތުގައި ކޮންމެ ޓީމަކުން ކުޅުންތެރިއަކަށް ރެފްރީ ރަތްކާޑް ދެއްކިއެވެ. ބާސެލޯނާއިން ރަތްކަޑް ދެއްކީ ފެރަން ޓޮރޭޒްއަށެވެ. އެތްލެޓިކޯއިން ކާޑް ދެއްވީ ސެޓެފަން ސަވިކްއަށެވެ. މެންޗެސްޓަރ ސިޓީގެ ކުރީގެ ދެ ކުޅުންތެރިންނަށް ރަތްކާޑް ދެއްކީ ކުޅުމުން ބޭރުގައި ދެކުޅުންތެރިންގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުމެއްގެ ސަބަބުންނެވެ.

މިމޮޅާއެކު ބާސެލޯނާ އެއްވަނާގައި އޮތީ 16 މެޗުން 41 ޕޮއިންޓާއެކުއެވެ. ދެވަނާގައި ރެއާލް އޮތީ 38 ޕޮއިންޓާއެކުއެވެ. އެތްލެޓިކޯ މެޑްރިޑް އޮތީ 27 ޕޮއިންޓާއެކު ފަސްވަނާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.