މަސްވެރިކަމުގެ ސިނާއަތް ސިންދަފާތު ކޮށްފިނަމަ ޑޮލަރުގެ މައްސަލައަށް ހައްލު ލިބޭނެ: އާދަމް ޝަރީފް

މަސްވެރިކަމުގެ ސިނާއަތް ސިންދަފާތު ކޮށްފިނަމަ ޑޮލަރުގެ މައްސަލައަށް ހައްލު ލިބޭނެ: އާދަމް ޝަރީފް

Author
މުޙައްމަދު ޖިމީ
24 ނޮވެމްބަރ 2020 11:39
0

މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، މަސްވެރިކަމުގެ އުފެއްދުންތައް އަގު އެއްކުރެވިއްޖެނަމަ ޑޮލަރުގެ ތާށިކަމަށް ހައްލު ލިބި ވަޒީފާގެ ފުރުޞަތު ތަނަވަސްވާނެކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވަނީ މަސްވެރިން ބާނާ މަސް ނުކިރުމާއި، ފައިސާ ނުލިބުމާއި، މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދިނުމަށް ގޮވާލައި ގަރާރެއްވެސް މަޖިލީހަށް ހުށައަޅާފައެވެ. މިގަރާރަށް ބަހުސްކުރައްވަމުންވެސް މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް އާދަމް ޝަރީފް ވަނީ ފާޅުކުރައްވާފައެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް އެދެވޭ ހޭދައެއްކޮށް، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ވެލިއު އެޑް އުފެއްދުންތައް އުފެއްދުންތައް އުފެއްދިއްޖެނަމަ ރާއްޖޭގެ ވަޒީފާ ނުލިބުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށެވެ. އަދި ޑޮލަރު ނުލިބުމުގެ މައްސަލައަށް ހައްލު ލިބި، ޤައުމީ އުފެއްދުންތެރިކަންވެސް އިތުރުވެ، ޑެފިސިޓަށްވެސް އަވަސް ޙައްލެއް ހޯދިދާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދައިދީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަކީ މިސަރުކާރުގެ ވަޢުދެކެވެ. ސްވެރިން ބާނާ މަހަށް ހަމައަގު ނުލިބި އެއްދުވަހުން އަނެއް ދުވަހަށް މަސްވެރިކަމުގެ ހާލަތު ދަށްވާކަމށް ބުނެ ބައެއް މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އާދަމް ޝަރީފް މަޖިލީހަށް ހުށައެޅި ގަރާރުގައި ބުނެފައިވަނީ މަސްވެރިން ބާނާ މަސް ކިރުމަށްޓަކައި ކިޔޫގައި ޖެހިގެން ގިނަ ދުވަސްތަކެއްވަންދެން މަޑުކުރަންޖެހުމާއި، އެކަމާގުޅިގެން ބޭކާރު ގިނަގުނަ ޚަރަދުތަކެއް ހިނގައި، ތަކުލީފުތަކެއް އުފުލަންޖެހުމާއި އަދި ކިރާ މަހަށް ފައިސާ ލިބުން ލަސްވުމާއި ކަޅުބިލަ މަހާއި ކަންނެލީގެ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައި ވާކަމަށެވެ.

ކަޅުބިލަ މަހުގެ ކޮންޓްރޯލް އަގު ދޫކޮށްލުމުގެ ސަބަބުން ކަޅުބިލަ މަހުގެ އަގު ދަށަށް ދިއުމާއި އަދި އެކަށީގެންވާ އަދަދަކަށް ބޮޑުކަންނެލި ބޭނިއްޖެނަމަ، ބައެއް ފަރާތްތަކުން ކަންނެލި ގަންނަ އަގު ދަށްކުރުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނާއި މަސްވެރި ޢާއިލާތަކަށް ގެއްލުން ލިބި، ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާތީވެ، އިސްވެ ބަޔާންކުޅަ މައްސަލަތަކަށް ޙައްލު ހޯދައިދިނުމާއި މަސްވެރިން ބާނާ މަސް އަވަހަށް ކިރޭނެގޮތާއި ކިރޭ މަސްކޮޅަށް ވަޤުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި މަސްވެރި ޢާއިލާތަކަށް ދިމާވާ ދަތިތައް ޙައްލުކުރެވޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް މިޤަރާރުގައި ގޮވާލާފައިވެއެވެ.

މިމަހުގެ 22 ވަނަ ދުވަހު މިފްކޯއިން ވަނީ މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު، ލިޓަރަކުން 28 ލާރި ބޮޑުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.