މިއަދު ހެނދުނު ނީލަން ފިހާރައިގައި ރޯވި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެސަރަހައްދުގެ ލޭބާ ކުއާޓާސްތަކުގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ މައުލޫމާތު އެއްކުމުގެ މަސައްކަތް ފަށައިފިއެވެ.
މާލޭގެ ދެކުނު ފަރާތު، ކުރީގެ އެއް ނަމްބަރު ކުނިކޮށި ހިމެނޭ "ނީލަން ފިހާރަ" އިގައި ލަކުޑި އާއި ދަގަނޑާއި ޕްލާސްޓިކްގެ ގިނަ ބާވަތްތައް ގިނަ އަދަދަކަށް ވިއްކައެވެ. ނީލަން ފިހާރައާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ.
ނީލަން ފިހާރައާ ޖެހިގެން ހުރި ތިން އެކޮމަޑޭޝަން ބްލޮކުގައި ތިބި ބިދޭސީ މުވައްޒަފުން ވަނީ މި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހިފަ އެވެ. އަލިފާން ރޯވި އިރު ނިދާފައި ތިބި މީހުން ނެރުނީ، ފަތިސް ނަމާދަށް ދިޔަ ބިދޭސީންތަކަކަށް އެ ވަގުތު އާދެވުމުންނެވެ.
ނީލަންފިހާރަ ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ދެނެގަތުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެންޑީއެމްއޭއިން ބުނެފައވަނީ ސިޓީ ކައުންސިލްއާއި ދިވެހި ރެޑްކްރެސެންޓް ގުޅިގެން، ހާދިސާގެ އަސަރު ކުރި ލޭބާ ކުއާޓާސްތަކުގައި ދިރިއުޅުނު ބިދޭސީންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ސިޓީ ކައުންސިލްއާއި ދިވެހި ރެޑްކްރެސެންޓް ގުޅިގެން، ހާދިސާގެ އަސަރު ކުރި ލޭބާ ކުއާޓާސްތަކުގައި ދިރިއުޅުނު ބިދޭސީންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ކުރަމުން އެބަގެންދަން pic.twitter.com/YJ16MfhCVD
— NDMA Maldives (@NDMAmv) January 9, 2023
މާލެ ސިޓީ ކައުންސިލުން ވަނީ އެކޮމަޑޭޝަން ބްލޮކުގައި ތިބި އެއިދާރާގެ މުވައްޒިފުން އިމާދުއްދީން ސްކޫލަށް ބަދަލުކޮށްފައެވެ.