މާދަމާ މައްޗަންގޯޅީގެ އެކި ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާ މައްޗަންގޯޅީގެ އެކި ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2023 09:08
0

ސްޓެލްކޯއިން މާދަމާ މާލޭގައި ކަރަންޓުގެ ވިއުގަ އަޕްގްރޭޓް ކުރުމުގެ މަސައްކަތްތަކެއް ކުރާތީ މައްޗަންގޯޅީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހެނދުނު 08:00 އިން 11:00 އަށް މައްޗަންގޮޅީގެ އަމީނީމަގާއި، ބުރުޒުމަގު އަދި އާމިނަ ރަނި ހިނގުމާއި، ރަށްދެބައި ހިނގުމުގެ އިތުރުން ލޮނުޒިޔާރަތް މަގާއި، ސިއްތި މާވާ ހިނގުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ މެންދުރު 14:00 އިން 16:00 އަށް މައްޗަންގޮޅީގެ އިސްކަންދަރުމަގާއި، ބަޑިފަސްގަނޑުދޮށުމަގު ހިމެނޭ ސަރަހައްދުންވެސް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.