ބާންލީގެ ފުރަތަމަ މޮޅު، ސައުތުހެމްޓަމް ވުލްވޯސް އެއްވަރު

ބާންލީގެ ފުރަތަމަ މޮޅު، ސައުތުހެމްޓަމް ވުލްވޯސް އެއްވަރު

Author
އިބްރާހީމް ސާޢިދު
24 ނޮވެމްބަރ 2020 08:29
0

އިނގިރޭސި ލީގުގައި ކްރިސްޓަލް ޕެލެސް ބަލިކޮށް ބާންލީ ލީގުގެ ފުރަތަމަ މޮޅުހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާންލީ ކުރިހޯދީ 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިރްސް ވޫޑްއެވެ. މިއީ މި ސީޒަންގައި އޭނާ ބާންލީއަށް ކާމިޔާބުކޮށްދިން ދެވަނަލަނޑެވެ. މިއީ މި ސީޒަނުގެ ލީގުގައި ބާންލި ހޯދީ ފުރަތަމަ މޮޅެވެ. އެންމެފަހުން ލީގުގައި ކްރިސްޓަލް ޕެލޭސްއާ ވާދަކުރި ހަތަރު މެޗުން ވެސް ބާންލީ ވަނީ މޮޅުވެފައެވެ.

ރޭގެ މެޗުގެ ކުރިން އެންމެފަހުން ބާންލީ ލީގުމެޗަކުން މޮޅުވެފަވަނީ ހުސްވި ޖުލައިމަހުގައިއެވެ. މިމެޗުން ހޯދި މޮޅާއެކު ބާންލިވަނީ ލީގުގެ ރެލިގޭޝަން ޒޯނާ އެއްޕޮއިންޓް ފެޔައަށް ޖެހިލާ 17 ވަނައަށް ޖެހިލާފައެވެ. ކިރްސްޓަލް ޕެލޭސް އޮތީ 13 ޕޮއިންޓާއެކު 10 ވަނައިގައެވެ.

ރޭ ލީގުގައި ވުލްވޯސް އާއި ސައުތުހެމްޓަން ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ ދެވަނަހާފްގައި ލަނޑުތައް ފެނގެން ދިޔައިރު ސައުތުހެމްޓަން ލީޑްނެގީ ތިއޯ ވޮލްކޮޓްގެ ލަނޑުންނެވެ. މިއީ 14 އަހަރުފަހުން ލީގުގައި އޭނާ ސައުތުހެމްޓަނަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މެޗުގެ ނަތީޖާ ވުލްވޯސް ހަމަހަމަކޮށް ދިނީ ރައުލް ޖިމިނޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ވުލްވޯސް އަށް ލީގުގައި އެންމެފަހުން ކުޅުނު 7 މެޗުގައި ވެސް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. ސައުތުހެމްޓަނުން ވަނީ 2013 ވަނަ އަހަރު ފަހުން ލީގުގައި ފުރަތަމަފަހަރަށް ބަލިނުވެ 7 މެޗު ހަމަކޮށްފައެވެ. މިނަތީޖާއެކު ސައުތުހެމްޓަން ލީގުގެ ފަސްވަނައިގަ އޮތީ 9 މެޗުން ހޯދި 17 ޕޮއިންޓާއެކުއެވެ. ވުލްވޯސް 9 ވަނައިގަ އޮތީ 14 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.