ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 88 އިންސައްތަ ވަނީ ނިމިފައެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތުގެ 25 އިންސައްތަ ވަނީ ނިމިފައެވެ.
N. Velidhoo Boat Beaching Area Development Project is well underway. Construction of revetment and breakwater is currently ongoing, with 88% and 25% completion respectively.#MTCCProjects #RayyithungeKunfuni pic.twitter.com/qFD44WQaS1
— MTCC Plc (@MTCCPlc) January 5, 2023
މި މަޝްރޫއުގެ ދަށުން، 1.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 138,247 އަކަ މީޓަރުގެ ހިއްކި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، 214 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 100 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 19.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.