ނަޝީދު ވާހަކަ ދައްކަވަނީ ސިޔާސީ މަންފާއަށް، ރިއޭކްޓް ކުރާކަށް ނެތިން: ރައީސް

ނަޝީދު ވާހަކަ ދައްކަވަނީ ސިޔާސީ މަންފާއަށް، ރިއޭކްޓް ކުރާކަށް ނެތިން: ރައީސް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ އިދިކޮޅު މީހެއް ނޫންކަމަށާއި، ސިޔާސީ ވާދަވެރިއެއް ކަމަށްވާތީ އެމަނިކުފާނު ދައްކަވާ ވާހަތަކަށާއި ކުރައްވާ ކަންކަމަށް މާބޮޑަށް ރިއޭކްޓް ކުރަން ބޭނުން ނުވާކަމަށް ރައީސް ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވަނީ ރައީސް ނަޝީދު އެންމެފަހުން ފުވައްމުލަކުގައި ދެއްކެވި ގިނަ ވާހަތަކަށް ރައްދު ދެއްވާފައެވެ. މިވާހަކަތަކަށް ދިއުމުގެ ކުރިން ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނު ރިއޭކްޓް ނުކުރާ ކަމަށް ވިދާޅުވެ ވާދަވެރި ކެނޑިޑޭޓު ވާހަކަ ދައްކަވާކަމަށެވެ. ނަމަވެސް މިއިންތިޚާބަކީ އެތެރޭގެ އިންތިޚާބެއް ކަމަށާއި، ރައީސް ނަޝީދަކީ އިދިކޮޅު ކެނޑިޑޭޓެއްކަމަށް ނުބައްލަވާކަމަށެވެ.

އެމަނިކުފާނު ރައީސް ރައީސް ނަޝީދު ދެކެނީ ސިޔާސީ ވާދަވެރިއެއްގެ ގޮތުގައިކަމަށާއި، މިއިންތިޚާބުގައި ރައީސް ނަޝީދު ބަލިކޮށް ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރާނެކަމަށެވެ. އަދި އެބޭފުޅުން ވިދާޅުވާގޮތަށް މިއިންތިޚާބުގައި ރިއެކްޓް ކުރަން ބޭނުން ނުވަނީ ރައީސް ނަޝީދަކީ އިދިކޮޅު ކެނޑިޑޭޓަކަށް ނުވާތީކަމަށެވެ.

ރައީސް ނަޝީދު ފުވައްމުލަކުގައި ދެއްކެވި ވާހަތަކުގެ ތެރެއިން ރައީސް އެންމެ ބޮޑަށް ރައްދު ދެއްވި އެއްކަމަކީ ދަރަންޏާއި ގުޅޭގޮތުން ދެއްކެވި ވާހަތަކަތަކެވެ. ރައީސް ޞާލިހު ވިދާޅުވީ ރައީސް ނަޝީދު ދަރަންޏާއި ގުޅޭގޮތުން ދެއްކެވި ވާހަތަކަކީ ސިޔާސީ މަންފާއަށް ދެއްކެވި ވާހަތަކެއް ކަމަށެވެ. މިސަރުކާރުން ރައްޔިތުން ކަންބޮޑުވާ ދަރަޖައަށް މިއަހަރު ދަރަނި ދައްކަން ޖެހޭކަމަަށް ނަޝީދު ވިދާޅުވި ނަމަވެސް ރައީސް ވިދާޅުވީ އެކަން އޮތީ އެހެން ނޫންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދަރަނީގެ ތެރެއިން މިމަހު ދައްކަން ޖެހެނީ 29 މިލިޔަން ޑޮލަރު ކަމަށެވެ. އަދި އަންނަ ފެބްރުއަރީ މަހު ދައްކަން ޖެހެނީ 14 މިލިޔަން ޑޮލަރު ކަމަށެވެ. އަދި މާޗް މަހު ދައްކަން ޖެހެނީ 27 މިލިޔަން ޑޮލަރުކަމަށެވެ.

ރައީސް ޞާލިހު ވަނީ ރާއްޖޭގެ ތަރައްޤީއާއި ގުޅޭގޮތުންވެސް ރައީސް ނަޝީދު ދެއްކެވި ވާހަތަކަށް ރައްދު ދެއްވާފައެވެ. ރައީސް ޞާލިހު ވިދާޅުވީ ފުވައްމުލަކުގައި އެކަނިވެސް 786 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓް ހިނގަމުންދާކަމަށެވެ. އޭގެ ތެރެއިންމ ިހާތަނަށް 436 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓް ނިމިފައިވާކަމަށެވެ.

ރައީސް ވަނީ މިޖަލްސާގައި އެމަނިކުފާނު ރާއްޖޭގެ ތަރައްޤީއަށް ކުރައްވާ މަސައްކަތް ހިސާބު އަދަދުތަކުން ހިއްސާ ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *