އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭންގެ ތަރުޖަމާނަކަށް މާރިޔާ އަހްމަދު ދީދީ ހަމަޖައްސަވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސޯލިހްގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ރައީސުލްޖުމްހޫރިއްޔާގެ ކެމްޕެއިން މެނޭޖާ މުހައްމަދު ނާޝިޒު ވިދާޅުވީ ރައީސް ޞާލިހުގެ ކެމްޕެއިނާއި ގުޅުންހުރި މައުލޫމާތުތައް މީޑިއާތަކާއި ހިއްސާ ކުރައްވާނީ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީކަމަށެވެ. ރައީސް ސޯލިހްގެ ކެމްޕޭން ތަރުޖަމާނަށް މާރިޔާ ހަމަޖެއްސެވިއިރު 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ވާދަކުރެއްވިއިރު އެމަނިކުފާނުގެ ތަރުޖަމާނަކީވެސް މާރިޔާއެވެ.
#MDPKuriah – Raees @ibusolih ge riyaasee primary campaign aa gulhey mauloomaathu media aa hissa kuravvaanee mi campaign ge spokesperson @mariyadidi kamugai dhannavan.
— Mohamed Nashiz (@Mnashiz) January 4, 2023
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ރައީސުލްޖުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ޖަލްސާއެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.