މަހަށް ގޮސް ގެއްލުނު މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

މަހަށް ގޮސް ގެއްލުނު މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

Author
ޢަލީ އާދަމް
04 ޖެނުއަރީ 2023 12:22
0

މަހަށް ގޮސް ގެއްލުނު މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އެއީ ގއ.ދެއްވަދޫ "މަސް ކުރަނި ދޯނީ" ގައި މަސައްކަތް ކުރަމުން އަންނަ ފަޅުވެރިއެކެވެ. މަރުވެފައި އޮއްވައި ފެނުނީ ދެއްވަދޫ ޢުމުރުން 53 އަހަރުގެ މުހައްމަދު ރަޝީދުކަމަށް ޚަބަރުލިބެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އޭނާ ގެއްލުނީ އެންދަމަން މޫދަށް ފޭބިފަހުންނެވެ.

ގެލުމާއެކު އޭނާ ހޯދުމަށް ކޯސްޓްގާޑާއި ދެއްވަދޫގެ ބައެއް އުޅަނދުތަކުންވެސް މަސައްކަތް ކުރިއެވެ. މަރުވެފައި އޮއްވައި އޭނާގެ ހަށިގަނޑު ފެނުނީ މިއަދު 10:30 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ ގއ.ދެއްވަދޫގެ މަސްކުރަނގި ދޫނިން ގއ.ވިލިގަލާ ކައިރިއަށް އެންހިފަން ފޭބި މީހެއްގެތެރެއިން މީހަކު ގެއްލިފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 9:10ގައި ކަމަށެވެ. އެއާއެކު އެމީހާ ހޯދުމަށް އެމްއެންޑީއެފާއި ދެއްވަދޫގެ މީހުން ހިމެނޭގޮތުން ކުރި މަސައްކަތުން އެމީހާ ފެނިފައިވަނީ ދެއްވަދޫން ޙަރަކާތެރިވި ދޯންޏަކަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ފެނުނީ މިއަދު ހެނދުނު 1037ގައެވެ.

އެމީހާ ފެނުނީ ގއ.ވިލިގަލާގެ ދެކުނުން ގާތްގަނޑަކަށް 1.5 ނޯޓިކަލް މޭރު ބޭރުންނެވެ. އެމީހާ ފެނުނީ ފެންމަތީގައި އޮއްވައެވެ. ފެނުމާއެކު އޭނާ ދެއްވަދޫ ސިއްޙީމަރުކަޒަށް ގެންދިޔަކަމށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

ގއ.ދެއވަދޫ ސިއްޙީ މަރުކަޒާ ޙަވާލާދީ ފުލުހުން ބުނެފައިވަނީ އެމީހާ ސިއްޙީމަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.