މޯލްޑިވިއަންގެ އާ ދެ ބޯޓު މާދަމާ ރާއްޖެ އަށް އަންނަނީ

މޯލްޑިވިއަންގެ އާ ދެ ބޯޓު މާދަމާ ރާއްޖެ އަށް އަންނަނީ

ގުޅުންހުރި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަށް މުޅިން އަލަށް ގެންނަ ދެ ބޯޓު މާދަމާ ރާއްޖެ އަށް އަންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ އެ ކުންފުނިން ގެންނަ އޭޓީއާރު 72 މަރުކާގެ 2 ބޯޓު މިހާރު ފްރާންސްގެ ޓުލޫސްއިން ފުރައިގެން ރާއްޖެ އައުމުގެ މަގުމަތީގައިވާކަމަށެވެ. އަދި މި 2 ބޯޓަށް ރާއްޖެ އާދެވޭނީ މާދަމާކަމަށް މޯލްޑިވިއަނުން ބުނެއެވެ. މޯލްޑިވިއަންގެ ބޯޓުތައް މާދަމާ ގެންނާތީ އެއަރޕޯޓުގައި ހާއްސަ ހަރަކާތްތަކެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި މަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި މި ދެ ބޯޓު ބޭނުންކުރަން ފަށާއިރު މިއީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ފްލީޓް އާ ކުރުމަށް ގެންނަ ބޯޓުތަކެއް ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އައިލެންޑް އޭވިއޭޝަނުގެ ފަރާތުން އޭޓީއާރު މަރުކާގެ ތިން ބޯޓު ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެއީ އޭޓީއާރު 72 މަރުކާގެ ދެ ބޯޓާއި އޭޓީއާރު 42 މަރުކާގެ އެއް ބޯޓެވެ.

އަލަށް ގެންނަ މި ބޯޓުތަކަކީ ތެޔޮ ހަރަދު ކުޑަ އަދި މަރާމާތުގެ ހަރަދުވެސް ކުޑަ ބޯޓުތަކެއް ކަމަށް އެކުންފުނިން ބުނެއެވެ. އެ ކުންފުނިން އިތުރަށް ބުނެފައިވަނީ މި ދެ ބޯޓުގެ އިތުރުން، އިތުރު ބޯޓެއް ވަރަށް އަވަހަށް ރާއްޖެ އަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސްކޫލް ބަންދު ދުވަސްވަރު އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑް އިތުރުވާތީ މޯލްޑިވިއަނުން ވަނީ "ވެޓް ލީސް" އެއާ ކްރާފްޓެއް ވެސް މިދިޔަ މަހު ރާއްޖެ އަށް ގެނެސްފައެވެ. މޯލްޑިވިއަންގެ ފްލީޓުގައި 23 ބޯޓު އޮތް އިރު، އޭގެ ތެރޭގައި ހިމެެނެނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސްގެ ދެ ބޯޓާއި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ 10 ބޯޓުގެ އިތުރުން 11 ސީޕްލޭން ބޯޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ