މާލޭ މަގުތަކުގައި ޤަވާއިދާއި ޚިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނަގަންފަށައިފި

މާލޭ މަގުތަކުގައި ޤަވާއިދާއި ޚިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނަގަންފަށައިފި

Author
ޢަލީ އާދަމް
03 ޖެނުއަރީ 2023 11:46
0

މާލެ ތެރޭގައި މަގުމަތީގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭގެ އެކި ހިސާބުތަކުގެ މަގުތަކިުގައި ޕެލެޓާއި އެފަދަ ތަކެތި ބަހައްޓާފައި ހުރުމަކީ ޢާންމު ކަމެކެވެ. ލަކުޑިއާއި ދަގަނޑާއި އެނޫންވެސް ބާވަތްތަކުގެ ޕެލެޓުތައް ބަހައްޓައި ޕާކިން ޒޯންތަކުން އަމިއްލައަށް ތަންތަން ރިޒާވްކޮށްފައި ހުރެއެވެ. އަދި ބައެއް މަގުތަކުގައި ޕާކިން ޒޯން ނޫންތަންތަނުގައި ވެހިކަލްތައް ބޭއްވުމަށާއި އެނޫންވެސް ބޭނުންތަކުގައި ބައެއް ފަރާތްތަކުން އަމިއްލައަމިއްލައަށް ޖާގަހަދައި ޕެލެޓުބަހައްތައި އެތަންތަން ރިޒާވްކުރެއެވެ.

މިހެން ހުންނަ ލަކުޑިފަދަ ތަކެތިން ހަދާފައިވާ ބައެއް ޕެލެޓުތައް ބާވެ ހަލާކުވެ ކުންޏަށްވެގެން ދާއިރުވެސް ސާފުނުކޮށް ހުރެއެވެ. އަދި ހަލާކުވެފައިވާ ޕެލެޓުތަކަށްއެރި ބައެއް މީހުންނަށް ބޮޑެތި ހާނީއްކަވެފައިވެސް އެބަހުއްޓެވެ.

ޕެލެޓުތަކުގެ މައްސަލަ ބޮޑުވެ ޢާންމުންގެ ޝަކުވާ ބޮޑުވުން ކޮންމެފަހަރަކުވެސް މާލޭ ސިޓީކައުންސިލުން ނުވަތަ ފުލުހުން ގޮސް އެތަކެތި ނަގައި ސާފުކުރެއެވެ. އެހެންނަމަވެސް ދުވަސްކޮޅެއްފަހުން އަނެއްކާވެސް އެކަން އިހު އޮތްގޮތަށް އިއާދަވެއެވެ. މިމައްސަލައަށް ދާއިމީ ހައްލެއް ނާދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގަލަން
ތިޔަކަން ތައް ގަވައިދުން ކުރެވޭނެބާ އަޑު އިވޭގޮތުން ސިޓީ ކައުންސިލްގެ ތެރޭގަ ރިސްވަތު ކަންތައް ވެސް ބޮޑުކަމައްވަނީ ތެދެއް ދޮގެއް ނޭންގެ
މ މިނިވަން.
ގޭ ދޮރު ކަރިން ގޭ މީހުންނަށް ޕާކު ކުރާނެ ޖާގަ ހަމަޖައްސާ ދިނުންމުން މައްސަލަ ހައްލުވާނެ.