ފާއިތުވި 2022ވަނަ އަހަރު ފަނޑިޔާރުންނާ ގުޅޭގޮތުން 393 ޝަކުވާއެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފައިވާކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.
ޖޭއެސްސީގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޯޓުތަކުގެ ފަނޑިޔާރުންނާ ގުޅޭ 37 ޝަކުވާއެއް އެކޮމިޝަނުން ބަލަމުންދެއެވެ. އަދި 15 ފަނޑިޔާރަކާގުޅޭ 19 މައްސަލައަކީ ތަޙްޤީޤުކޮށް ބަލަންޖެހޭ މައްސަލަތަކެއްކަން ފާހަގަކުރެވި އެމައްސަލަތައްވަނީ ތަހުޤިޤުކުރަން ފޮނުވާފައެވެ. އަދި 70 މައްސަލައެއް ތަހުގީގުކޮށް މުޅިން ނިންމާފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން މިދިޔަ އަހަރު ތަޙްޤީޤުކުރި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އެއަހަރުގެ 15 މައްސަލައަކާއި ކުރީ އަހަރުތަކުގެ 55 މައްސަލައެކެވެ.
ފަނޑިޔާރުންނާ ގުޅޭގޮތުން ބެލި 46 މައްސަލައެއްގެތެރެއިން 24 މައްސަލައެއް ސާބިތުވެ ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކުގެތެރޭގައި 4 ފަނޑިޔާރަކު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި 9 ފަނޑިޔާރަކަށް ނަސޭހަތްދީ ބޭނުންވާ އިތުރު ތަމްރީނު ދިނުމާއި 3 ފަނޑިޔާރުން ސަސްޕެންޑް ކުރުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ