ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ދެވޭވަރަށް ތޮއްޑޫ ދާއިރާގައި މަސައްކަތް ކުރެވިފައި ނުވާކަމަށް އެދާއިރާގެ މެންބަރު ޙަސަން ޝިޔާން (ގިޓާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަ ބޮޑުވެފައިވާއިރު ޝިޔާން ތާޢީދުކުރައްވަނީ ރައީސް މުޙައްމަދު ނަޝީދަށެވެ. އަދި ރައީސް ނަޝީދަށް ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.
ރައީސް ނަޝީދަށް ތާޢީދުކޮށް ވާހަކަފުޅު ދައްކަވާ ޙަސަން ޝިޔާން ވިދާުވީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ މިންވަރަށް ތޮއްޑޫ ދާއިރާފެ ތަރައްޤީގެ ކަންކަން ހިންގިފައިނުވާކަމަށެވެ. އެހެންކަމުން ރައީސް ޞާލިހަށް ދޭނެ ވޯޓެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
Raees solih ah dhevana dhaurei dheyn jehey minvarakah thoddoo dhairaaga tharahgy ge kankamei nuhunugu, nukurevunu , ekamei nuvi . Raees solih ah dheyne vote aei nei
— Hassan Shiyan (@HassanShiyaan) January 1, 2023
ޖެނުއަރީ 28 ވަނަދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު، އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ރައީސް ނަޝީދު ގެންދަވަނީ ރައީސް ޞާލިހަށް ފާޑުވިދާޅުވެ ސަރުކާރަށްވެސް ހޫނު ރައްދުތަކެއް ދެއްވަމުންނެވެ. ޕްރައިމަރީއަށްފަހު ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދުގެ ތާއީދު ނުލިބިއްޖެނަމަ އެއީ އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ