ސަރުކާރުން ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ އޮފީސް ޢިމާރާތް މި މަހު 15ގައި ހުޅުވަން ތައްޔާރުވަމުން އަންނަކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ބައެއް މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން އެމިނިސްޓްރީން ވިދާޅުވެފައިވަނީ ސަރުކާރުގެ ބައެއް އޮފީސްތައް އެ ޢިމާރާތަށް ބަދަލުކުރަން ނިންމައި މިހާރު އެ އޮފީސްތަކުގެ ފަރުނީޗަރާއި އެހެނިގެން ތަކެތި އައު ހުޅުމާލޭ އޮފީސް ޢިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މިދިޔަ މަހުން ފެށިގެން ކުރަމުން އަންނަ މިމަސައްކަތް މުޅިން ނިމި، މި މަހު 15ގައި އާއިމާރާތް ހުޅުވުމަށް މިހާރު ތައްޔާރުވަމުން އަންނަކަމަށްވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިއީ މިހާރު ސަރުކާރުގެ ބައެއް އޮފީސްތައް އަމިއްލަ މީހުންގެ ޢިމާރާތްތަކުގައި ކުއްޔަށް ހިންގަމުންއަންނާތީ އަދި އެކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ އެމައްސަލަ ޙައްލުކުރުމުގެގޮތުން ސަރުކާރުން ޢިމާރާތްކުރި އޮފީސް ޢިމާރާތެކެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ނިންމަވައިގެން ހުޅުމާލޭ ފޭސް އެެކެއްގައި މިޢިމާރާތް ކުރީ 185 މިލިއަން ރުފިޔާ ހޭދަކުރައްވައިގެންނެވެ. މިއިމާރާތުގެ މަސައްކަތް ޗައިނާގެ ހުނާން އިންޖީނިއަރިންއާ ޙަވާލުކުރީ ހަވާލުކުރީ 2019 ވަނަ އަހަރުއެވެ.