އައު އަހަރާއި ދިމާކޮށް ހިންގި އޮޕަރޭޝަންގައި ބަނގުރަލާއިއެކު ދެމީހަކު ހައްޔަރުކޮށްފި

އައު އަހަރާއި ދިމާކޮށް ހިންގި އޮޕަރޭޝަންގައި ބަނގުރަލާއިއެކު ދެމީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
01 ޖެނުއަރީ 2023 07:59
0

އައު އަހަރާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މާލެއާއި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށެވެ.

ހައްޔަރުކޮށްފައިވަނީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. އަދި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މާލެއިންމެވެ. ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިންނެވެ. ހައްޔަރުކުރި ދެމީހުންގެ އަތުންވެސް ބަނގުރާފުޅިއެއް ވަނީ ފެނިފައެވެ.

ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.