ކޮބާ ހިކެން އުޅޭ ކުދިން؟ އަޅެ އަޖުމަ ބަލާލަން މިކަންކަން ކޮށްބަލަ!

ކޮބާ ހިކެން އުޅޭ ކުދިން؟ އަޅެ އަޖުމަ ބަލާލަން މިކަންކަން ކޮށްބަލަ!

Author
ފާތިމަތު ނާވީ
24 ނޮވެމްބަރ 2020 09:01
0

ބަރުދަން ލުއި ކުރެވޭނީ ހަމައެކަނި ޑައިޓު ކުރުން ނުވަތަ ކަސްރަތު ކޮށްގެން ކަމަށް ހީނުކުރާށެވެ. މިކަމަށް އަދި އާންމު ދިރިއުޅުމުގައި ކުރާ ކަންތަކަށްވެސް ބަދަލުގެންނަން ޖެހެއެވެ. އެހެން ކަމުން މި ކިޔާދެނީ ކުރެވިދާނެ ބައެއްކަންކަމެވެ.

ބައެއް ފަހަރު ފެން ބޮވައިގަތުމުން ވެސް ބައެއް މީހުނަށް ބަނޑުހައިވަނީ ކަމަށް ހީކުރެވެއެވެ. އެހެންކަމުން ކެއުމުގެ ކުރިން އަބަދުވެސް ބޮޑު ފެން ތައްޓެއް ބޯލާށެވެ.

މެންދުރު ކާ ގަޑީގައި ހަމައެކަނި ކެއުމަށް އިސްކަންދޭށެވެ. ފޯނާއި ކުޅެން ނީނދެ ހަމަޖެހިގެން ކާން އާދަ ކުރާށެވެ. މިކަމުގެ ސަބަބުން ގިނައިން ކެވޭނެ ފުރުސަތު ކުޑަވެއެވެ. އަދި ކާ ގަޑިތަކުގެ އިތުރުން ކާ ކެއުންތައް ހުއްޓާލާށެވެ. މިހެން ކާ ކެއުމަކީ ބައެއް މީހުންނަށް އެހާ ބޮޑު ކަމަކަށް ނުވި ނަމަވެސް، މިއަކީ ބަރުދަން ލުއި ކުރަން އުޅޭ މީހަކަށް އެހާ ރަނގަޅު ކަމެއްނޫނެވެ.

ކައި ނިމިގެން އިށީނދެ އިނުމުގެ ބަދަލުގައި 15 މިނެޓު ވަންދެން ހިނގާލާށެވެ. ގިނައިން ހިނގި ވަރަކަށް ކެލޮރީސް ވިރޭނެއެވެ. އަދި މޫޑް ވެސް ރަނގަޅުވާނެއެވެ.

އަނެއް ކަމަކީ ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާއިރު، ފަލަވުމަކީ ކޮންމެހެން ތިމާ ސިއްހަތު ރަނގަޅު ނުވަނީ ކަމުގައި ދެކިގެން ނުވާނެއެވެ. ކިތަންމެ ލޫޅާފަތި މީހެއްވެސް "އަންހެލްތީ" ވެދާނެއެވެ. ދިރިއުޅުމުގައި މުހިންމީ ކޮންމެހެން ހިކުމެއް ފަލަވުމެއް ނޫނެވެ. "ދުޅަހެޔޮ" ސިއްހަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.