މާލެއިން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރި މީހާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މާލެއިން ގެއްލިގެން ހޯދަމުންދިޔައީ ލ.މާވަށު، ކުންނާރުމާގޭ، ޢުމުރުން 32 އަހަރުގެ، މޫސާ އަނީސްކަމަށެވެ. ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ ލ. މާވަށް / ކުންނާރުމާގެ، މޫސާ އަނީސް (32އ) މިހާރު ވަނީ ފެނިފައި އަދި އާއިލާއާ ވަނީ ގުޅިފައި ވާކަމަށެވެ.
އޭނާ ގެއްލިގެން ހޯދަން ފެށީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ޢާއިލާއަށް ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާ ގެއްލިފައިވާކަމަށް ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 27 ވީ އަންގާރަ ދުވަހު ހަވީރުކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެ ދެދުވަހެއް ކުރިންވެސް މީހަކު ގެއްލިގެން ފުލުނުން ހޯދަން އިއުލާން ކުރިއެވެ. އެމީހާވެސް ވަނީ ފެނިފައެވެ.
ކޮމެންޓު ފޮނުވާ